twitterviber whatsapp telegramfacebookyoutube instagram
21st September 2024

ފިޔަވަޅުތައް އެޅީ އެންމެންގެ ރައްކާތެރިކަމަށްޓަކާ: ރައީސް

- މިއީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ދިރިއުޅުން ބައްޓަންކުރަންވީ ވަގުތު
- އިގްތިސޯދު ހުޅުވާލައިރު އާ ވިސްނުންތަކެއް ގެންގުޅެން ޖެހޭ
- ސިއްހަތަށް ފަރުވާތެރިވެ އިގްތިސޯދު އާރާސްތުކުރަން މުހިންމު ވަގުތެއް
- ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތެއް

އަބްދުލް ވާހިދު ޙަސަން
May 20, 2020

ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ ކަމަށާ އެކަމަކު އެ ފިޔަވަޅުތައް އެޅީ އެންމެންގެ ރައްކާތެރިކަމަށްޓަކާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވީ އެ ފިޔަވަޅުތައް ދުރާލައި ރާއްޖެއިންވެސް ނޭޅުނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި އުފުލަމުންދާ އުނދަގޫތައް އުފުލަން ޖެހުނީސް ކަމަށެވެ.

"ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، މިކަމުން އަރައިގަތުމުގެ ވާހަކަ. މާތް اللهގެ ވާގިފުޅާއެކު މި ދެކެވެނީ، ދުރާލައި މިފިޔަވަޅުތައް އެޅުމުގެ ސަބަބުން. އެހެން ނޫން ނަމަ، އަޅުގަނޑުމެން ވެސް މިއަދު ތަޖުރިބާކުރަމުން ދާނީ. ސިއްހީ ތަޖުރިބާކާރުން އަންދާޒާކުރެއްވި އެންމެ ނުރައްކާތެރި ހާލަތު." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ އިރު މި ބައްޔަށް ފަހުގައި އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް ތައްޔާރުވާންޖެހޭނެ ކަމަށާއި މިހާރު ކުރިމަތިވެފައިވާ އިޤްތިސޯދީ އަދި އިޖްތިމާއީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޤައުމީ ޓާސްކް ފޯހުން އެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރަންވީ ވަގުތު ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިސްނަގަން ވަރަށް އެކަށޭނަ ވަގުތެއްކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ މިއީ އާންމު ސިއްހަތަށް ފަރުވާތެރިވެ، މުޅި އިގްތިސޯދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިންމު ވަގުތެއް ކަމަށެވެ.

މިއީ މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމަށާއި އެހެންކަމުން އިގްތިސޯދު އަލުން ފަށާއިރު އާ ވިސްނުން ގެންގުޅުމަކީ މުހިންމުކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355