twitterviber whatsapp telegramfacebookyoutube instagram
12th July 2020

ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ބިމު ކުލި ފަސްކޮށްދީފި

May 21, 2020
1

ރިސޯޓުތަކާއި ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށްތަކުގެ ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި ސަރުކާރުން ފަސްކޮށްދެއްވައިފި އެވެ.

ބިމު ކުލި ފަސްކޮށްދެއްވާފައިމިވަނީ ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދަށާއި ވިޔަފާރިތަކަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ މިހާރު ގައުމަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ، ހާއްސަކޮށް ޓޫރިޒަމް އަލުން ފެށިގެންދާއިރު، ރިޒޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

ރިސޯޓުތަކާއި ދަނޑުވެރި ރަށްތަކުގެ އިތުރުން، ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރު ނިންމާފައިވާކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.

އަދި މި ހާލަތުގެ ތެރެއިން ކުރިމަގަށް ރަނގަޅުކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، އިގުތިސޯދު އަލުން ފަށައިގަންނައިރު، އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއްކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355