twitterviber whatsapp telegramfacebookyoutube instagram
10th August 2026

ހަފްތާއަކު 3 ދުވަހު ބެންކުތައް ހުޅުވަން ނިންމައިފި

May 28, 2020

ޒަރޫރީ ހިދުމަތްތަކަށް އަންނަ ހަފްތާއިން ފެށިގެން ހަފްތާއަކު 3 ދުވަހު ބެންކުތައް ހުޅުވާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ ޖޫން 1 ން 13 ވަނަ ދުވަހުގެ ނިޔަަަލަށް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކުތަށް ހުޅުވާ ޒަރޫރީ ބޭންކިން ހިދުމަތް ދޭނެކަމަށެވެ. މިގޮތުން ކޮންމެ ދުވަހަކު 9:30 އިން 14:00 އަށެވެ. ނަމަވެސް އެމްއެމްއޭ އިން މިދުވަސްތަކުގައި އާންމުންނަށް ހިދުމަތެއް ނުދޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.


ނަމަވެސް ސަރުކާރުގެ އޮންލައިން ޕްލެޓްފޯމް ޖެމްސް ބޭނުންކުރާ ފަރާތްތަކުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނެ އެވެ. އަދި ވަކިވަކި ބޭންކުން ދޭނެ ހިދުމަތްތަކާއި، ގަޑިތަކުގެ ތަފްސީލް އެ ބޭންކުތަކުން އިއުލާންކުރާނެކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކުން ކޮންމެހެން ދޭންޖެހޭ ޒަރުރީ ހިދުމަތްތައް އަންނަނީ އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355