twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކައުންސިލަށް 9 ކޮޓަރި ލިބޭގޮތަށް، ރަށްވެހި ގެސްޓްހައުސްގެ ތިންމަހުގެ ކުލި މާފުކޮށްދީފި

އަބްދުލް ވާހިދު ޙަސަން
May 28, 2020
1

ހދ އަތޮޅު ރަށްވެހިގެ ގެސްޓްހައުސްގެ ކުލި ތިން މަހަށް ލުއިކޮށްދީފި އެވެ. އެތަނުގެ ކުލި ލުއިކޮށްދީފައިމިވަނީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް، ކާފިއު ހިންގުމާ ގުޅިގެން ތަން ބަންދުގައި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވެފައިވާތީ އެކަމަށް ލުއި ހޯދައިދިނުމަށް ކައުންސިލްގައި އެދުމުންނެވެ.

މިހާރު އެތަނުގެ މަހު ކުއްލީގެ ގޮތުގައި 40،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް އަންނަނީ ދައްކަމުންނެވެ.

ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަސީމް ވިދާޅުވީ، މިމަހު 6 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އަތޮޅު ރަށްވެހިގެ ގެސްޓްހައުސްގެ ކުއްލި ތިން މަހަށް މާފުކޮށްދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުލި މާފުކޮށްދީފައިވާ މުއްދަތުގެ ތެރޭގައި އިތުރު ކުއްޔަކާ ނުލައި އަތޮޅު ކައުންސިލްގެ ބޭނުމަށް ގެސްޓްހައުސްގެ 9 ކޮޓަރި ލިބޭގޮތަށް ހަމަޖައްސާފައިވާނޭ ކަމަށެވެ.

" ކޭއާރުއެޗުގައި އެޑްމިޓްކުރެވޭ ބަލި މީހުންގެ އެހީތެރިން ތިބުމާއި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައިވެސް ބޭނުންވެއްޖެނަމަ ދޫކުރުމަށް ހަމަޖެއްސުން." ވަސީމް ވިދާޅުވި އެވެ.

އަދި އެކި ބޭނުންތަކަށް ހދ އަތޮޅުން އަންނަ ފަރާތްތަކުން ކުޅުދުއްފުށީގައި ތާށިވެއްޖެ ހިނދެގައިވެސް ގެސްޓްހައުސްގައި ބައިތިއްބޭނެ ކަމަށެވެ.

ރަށްވެހި ގެސްޓްގެ ހައުސް ކުއްޔަށް ނަގައި މިހާރު ހިންގަމުން އަންނަނީ މަމްދޫހް އަލީ އެވެ. މަމްދޫހު ގެސްޓްހައުސް ނެގިފަހުން މީގެ ކުރިން އެތަން ހިންގި އެއްވެސް ބަޔަކު ނުކުރާ ވަރަށް ވަނީ ހަރަދުކޮށް ތަރައްގީކޮށްފައިވެ އެވެ. އެގޮތުން އެތަނުގެ ރެސްޓޯރެންޓްވެސް ދެ ބުރިއަށް ހަދައި ބޮޑެތި ހަރަދުތަކެއް ކުރިކަން ފާހަގަކުރެވެ އެވެ.

މީގެ ކުރިން އެޗްޕީއޭއިން ކުޅުދުއްފުށި މޮނިޓަރިންގ އަށް ލުމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް އައި ގިނަ ބަޔަކު ތާށިވި އެވެ. ކޮވިޑާ ގުޅިގެން ކައުންސިލްތަކުގެ ބިންތަކުގައި ހުރި ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކަށް ލުއިގޮތެއް ހަމަޖައްސައިދިނުމަށް އަންނަނީ އެތަންތަނުން އެދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355