twitterviber whatsapp telegramfacebookyoutube instagram
9th August 2026

ޕޮޒިޓިވްވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް އަރައިފި

May 30, 2020

ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1633 އަށް އަރައިފި އެވެ.

އިތުރު 42 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އަލަށް ޕޮޒިޓިވްވީ ދިވެއްސަކާއި ބަންގްލަދޭޝްގެ 28 މީހަކާއި އިންޑިއާގެ 13 މީހެކެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ރަނގަޅުވެފައިވާއިރު މި ބަލީގައި 5 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަމުންދާ މިންވަރު ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް ސަރުކާރުން ލުއިތަކެއް ދޭން ވަނީ ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް ދޭން ނިންމާފައިވާ ލުއިތައް މިހާރު ވަނީ އިއުލާންކޮށްފައެވެ. ލުއިދޭން ނިންމި ކަމަށްވިއަސް ފުރަބަންދު ވަނީ އިތުރު 1 ހަފްތާއަށް ދަންމާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355