twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޑިސްޕޯސަބަލް ތަކެތި ކަނޑުތަކަށް ދިޔަ ނުދީ: ދިރާގު

Jun 9, 2020

އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލަން ޖެހޭ މާސްކާއި އަންގި ފަދަ ތަކެތިން ކަނޑު ފަރުތައް ސަލާމަތް ކުރުމަށް އެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމުގައި ސަމާލުކަންދިނުމަށް ދިރާގުން އެދިއްޖެ އެވެ.

ދިރާގުން ބުނީ ކޯވިޑް-19އާ ގުޅިގެން ޤައުމުތަކުން އަޅާފައިވާ ފުރަބަންދުތައް އުވާލާ، އޮފީސްތަކާއި ވިޔަފާރިތައް އަލުން ހުޅުވާ، ބޭރަށް ނިކުމެ އުޅެން ހުއްދަ ލިބޭއިރު އެއްފަހަރު ބޭނުންކުރާ މާސްކް އަންގި ފަދަ ތަކެތި ބޭނުންކުރުން އާންމު ވާނެކަމަށެވެ. އެހެންކަމުން "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޙާލަތުގައި މިގޮތަށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ މާސްކް އަދި އަންގި ފަދަ ތަކެތި ބޭނުންކޮށް ނައްތާލުމުގައި ޒިންމާދާރުކޮށް އަމަލުކުރުމަށް ދިރާގުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މާސްކް، އަންގި އަދި ޕްލާސްޓިކް ކޮތަޅުފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުކުރާނެތީ ރައްކާތެރި ގޮތުގައި އެއްފަހަރު ބޭނުންކުރާ ތަކެތި ނައްތާލުން މިއީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ދިރާގުން ބުނެއެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ބާރު އެޅުމުގެ ގޮތުން ދިރާގުން އަންނަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މިއަހަރު އެ ކުންފުނިން ނެރުނު ކަލަންޑަރު ވެސް ހާއްސަ ކޮށްފައިވަނީ ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

އެ ކުންފުނިން ވަނީ ޕާލޭ މޯލްޑިވްސްއާ ގުޅިގެން 2016 ވަނަ އަހަރު "ފޯ ދި އޯޝަންސް" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. މި ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ރީ-ޔޫސެބަލް ކޮތަޅު ތައާރަފުކުރި އެވެ. މި ކޮތަޅުތައް ރާއްޖޭގެ އެކި ރަށްތަކަށާއި ސްކޫލްތަކަށް ދިރާގުން ވަނީ ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ.

އަދި ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީވެސް ދިރާގެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355