twitterviber whatsapp telegramfacebookyoutube instagram
5th May 2026

ހައުސިން މިނިސްޓްރީ ރައީސް އުވާލައްވައިފި

ޚަދީޖާ އާދަމް
Jun 11, 2020

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުވާލައްވައިފި އެވެ.

ރައީސް ސޯލިހު މި ނިންމުން ނިންމެވީ، ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމާއެކު އެވެ. އެއަށްފަހު ރައީސް ސޯލިހު ނިންމާފައި ވަނީ ހައުސިން މިނިސްޓްރީ އުވާލައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާށެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީއިން ކުރަމުން ގެންދިޔަ މަސައްކަތްތައް ދެން ކުރަމުން ގެންދާނީ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަމަށެވެ.

އެ މަސައްކަތްތައް ކުރުމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލު ކުރަން ވެސް ވަނީ ނިންމާފަ އެވެ.

އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސްވެގެނެވެ. މިއަދު އާތިފާގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.

ޕްލޭނިން މިނިސްޓަރުގެ މަގާމުގައި މިވަގުތު ހުންނެވީ އެމްޑީޕީގެ މުހައްމަދު އަސްލަމެވެ. އާ މިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރައްވާނީ އަސްލަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355