twitterviber whatsapp telegramfacebookyoutube instagram
26th April 2024

ތިބާގެ ނިޢުމަތް އިތުރުވާން އެދޭނަމަ - ޝުކުރުވެރިވުން ގިނަކުރޭ

އަހުމަދު ހާމީ
Jun 13, 2020

ތިބާގެ ނިޢުމަތް އިތުރުވާން އެދޭނަމަ - ޝުކުރުވެރިވުން ގިނަކުރާށެވެ.

މާތް ﷲ ކީރިތި ޤުރުއާނުގެ ސޫރަތުލް އިބްރާހީމްގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ޢަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ"

ދިރިއުޅުމުގައި އަޅުގަނޑުމެން އަބަދުވެސް ހިތަށްއަރަނީ އަތުގައި ނެތް ކޮންމެވެސް އެއްޗެއް ލިބޭނެނަމައެވެ. މިގޮތުން އެންމެ ފަހުގެ މޯބައިލް ފޯނެއް، ލޮލުގައި އަޅާލަން އަވިއައިނެއް، ރީތި އަތުކުރީ ގަޑިއެއް، ދުއްވަން އެންމެ ފަހުގެ ސައިކަލެއް ނެތުމަކީ، މިހާރުގެ ގިނަ ފިރިހެން ކުދިން އެންމެ ދެރަވާނެ އެއްކަންތަކެވެ. ކޮންމެ އިރަކަށް ތަފާތު ޑިޒައިނެއްގެ ހެދުމަކާ، އެއާ ގުޅޭގޮތުން ބޫޓަކާ އަތްދަބަހެއް ނެތުމަކީ ބައެއް އަންހެން ކުދީން ދެރަވެ އެކަމަށް އާދޭސް ކުރާ ކަންކަމެވެ.

ވިސްނާލަންޖެހޭ ކަމަކީ، ތިމާއަށް ލިބިފައިވާ އެތައް ނިޢުމަތަކުން މަޙްރޫމްވެފައިވާ އެތައް ބައެއް ވާކަމެވެ. ބައެއް މީހުންނަށް އިވުމުގެ ނިޢުމަތުން މަޙްރޫމް ވެފައިވާއިރު، އަނެއްބައި މީހުން ފެނުމުގެ ނިޢްމަތުން މަޙްރޫމް ވެފައިވެއެވެ. ކާނެ ބޯނެ އެއްޗެއް ނުލިބޭ މީހުން އުޅޭއިރު، އުޅޭނެ ތަނެއް ނެތް އެތައް ބަޔަކު އެބައުޅޭ ކަމެވެ. އެހެންކަމުން ތިމާއަށް ލިބިފައިހުރި ނިޢުމަތްތަކާ މެދު ފިކުރުކޮށް އެއަށް ޝުކުރުވެރިވުމަކީ ވަރަށް މުހިއްމުކަމެކެވެ.

ޝުކުރުވެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް:

1. ގިނަގިނައިން الحمد لله ކިޔުން އާދަކުރުން – އަޅުތަކުންގެ ތެރެއިން މީހަކު، އެއްޗެއް ކާއިރުގައާއި އެއްޗެއް ބޯ ހިނދު، މާތްﷲ އަށް ޝުކުރުކުރާ ފަރާތްތަށް ދެކެ، މާތް ﷲ ރުހިވަޑއިގަންނަވައެވެ. (މުސްލިމް)
2. ދިމާވާ ދަތި އުނދަގޫ ދުވަސްތަކުގައި ކެތްތެރިވުން އިސްކުރުން – ދިރިއުޅުމުގައި އުފަލާ ހިތާމަވެރި ދުސްތައްވެސް އަންނާނެކަން ހިތުން ޤަބޫލުކޮށް އެއަށް އަމަލުކުރުން.
3. ނިޢުމަތެއް ލިބުމުން މާތްﷲ ގެ ހަޟްރަތަށް ޝުކުރުވިވުމުގެ ގޮތުން، ޝުކުރުގެ ސަޖިދައެއް ކޮށްލުން
4. ތިބާގެ ބޭނުންތައް ވިސްނުމާ އެއްވަރަށް ގެންދިޔުން

ނިޢުމަތްތަކަށް ޝުކުރުކުރުމުން ލިބޭ ބައެއް ފައިދާ

1. ނިޢުމަތް އިތުރުކޮށްދެއްވުން
2. ތިބާ މާތް ﷲ އާ އޮންނަ ގުޅުން ބަދަހިވުން
3. ދުނިޔެވީ ޙަޔާތާ އުޚުރަވީ ޙަޔާތް ބާއްޖަވެރިވުން
4. މާތް ﷲ ގެ އަޒާބުން ސަލާމަތްވެގެންވުން

މަޝްހޫރު ބަސްކޮޅެއްގައިވެއެވެ. "އަހަރެން އަރާނެ ބޫޓެއް ނެތިގެން ރޮމުން ދަނިކޮށް، ރުއިން ހުއްޓާލަން ޖެހުނީ، ދެފައިތިލަ ނެތް މީހަކާ ދިމާވުމުންނެވެ"

ހައްދަވާ ގެންގުޅުއްވާ ކާއިނާތުގެ ވެރި ﷲ، އަޅާއަކީ ނިޢުމަތްތަކަށް ޝުކުރުކުރާ މީހުންގެ ތެރެއިން އަޅުގަނޑުމެން ލައްވާށި! – އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355