twitterviber whatsapp telegramfacebookyoutube instagram
25th August 2025

ކަނޑު ގަދަ ވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

Jun 13, 2020

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

މިއަދު ހަވީރު މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ފުރަތަމަ ނެރެފައިވަނީ ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓެވެ. ނަމަވެސް ހަވީރު 5:30ގައި، މެޓް އޮފީހުން ވަނީ ތ. އަތޮޅުން ފެށިގެން ހއ. އާ ހަމައަށް އެލާޓު ލެވެލް ޔެލޯއަށް މަތިކޮށްފައެވެ. މި އެލާޓު ނެރުނީ މިރޭ 20:30އާ ހަމައަށެވެ.

އަދި ލ އަތޮޅުން އައްޑޫސިޓީ އަށް ވެސް ވަނީ މިރޭ 22:00 އަށް ޔެލޯ އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ލަފާކޮށްފައި ވަނީ މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނަކަށް އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355