twitterviber whatsapp telegramfacebookyoutube instagram
10th May 2025
ADVERTISEMENT
މޯލްޑިވިއަންއިން މިހާތަނަށް 700 ޓަނުގެ ކާގޯ އެތެރެކޮށްފި--ފޮޓޯ:މޯލްޑިވިއަން

މޯލްޑިވިއަންއިން މިހާތަނަށް 700 ޓަނުގެ ކާގޯ ރާއްޖެ އެތެރެކޮށްފި

ނަބީލާ އިސްމާޢީލް
Jun 14, 2020

ގައުމީ އެއާލައިން މޯލްޑިވިއަން އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 700 ޓަނުގެ ކާގޯ ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއްނުން ކާގޯ ފުލައިޓްތައް ފަށާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ އެއާލައިންތަކުގެ އުދުހުންތައް މެދުކަނޑާލަން ޖެހުމާއި ގުޅިގެން ރާއްޖޭއަށް ބޭނުންވާ ޒަރޫރީ ތަކެތީގެ ކަށަވަރުކަން ދެމެހެއްޓުމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް ގައުންޑް އޮޕްރޭޝަންސް އަހުމަދު އިބްރާހިމް ވިދާޅުވީ 5 މަންޒިލަކަށް ކާގޯ ދަތުރުތައް ކުރަމުން ދާ ކަމަށާއި މޯލްޑިވިއަންގެ ކާގޯ ގެނެސްދޭ ރޭޓަކީ މާރކެޓުގައި ލިބޭނެ އެންމެ އަގުހެޔޮ ރޭޓުކަން އިބްރާހިމް ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ޓްރެވިންޑްރަމް އަދި ޗެންނާއީ، ދުބާއީ، ބެންކޮކްގެ އިތުރުން ކޮލަމްބޯ އިން މާލެއަށް ގަވައިދުން ކާގޯ ފްލައިޓުތައް އޮޕަރޭޓު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭހާއި ޒަރޫރީ ކާބޯތަކެތީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ބައެއް މެޑިކަލް އިކުއިޕްމެންޓު އެތެރެކުރުމަށް ވެސް މޯލްޑިވިއަން އިން ވަނީ ޗާޓާޑު ދަތުރުތައް ކޮށްފަ އެވެ. އެގޮތުން މޯލްޑިއަން ކާގޯއިން ޗައިނާއަށްވެސް 3 ދަތުރުކޮށްފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ކޮވިޑަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމް ކުރި ކޮވިޑް ވިލެޖަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓު ގެނައުމަށްވެސް ޗާޓާރ ކާގޯ ދަތުރުތައް ކޮށްފައިވާނެ ކަމަށް އަހުމަދު އިބްރާހިމް ވިދާޅުވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com