twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ޕެންޝަނާއި އެއާޕޯޓް ކައުންޓަރު ފީ ފަސްކޮށްދޭން އެދިއްޖެ

ނަބީލާ އިސްމާޢީލް
Jun 15, 2020

ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ އާއި އެއާޕޯޓް ގެސްޓް ކައުންޓަރު ތަކުގެ ފީ، ފަސްކޮށްދޭން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެމްއޭސީއެލްގައި އެދިއްޖެ އެވެ.

މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޓޫރިޒަމް ދާއިރާއަށް ކޮވިޑް-19ގެ މި ދަނޑިވަޅުގައި އައިސްފައިވާ ހީނަރުކަމާއެކު ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ވިޔަފާރިތަކަށް ބޮޑެތި ގެެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ މި ހާލަތުގައި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އެސްއެމްއީ ވިޔަފާރި ތަކުން ދައްކާ ޕެންޝަން ފައިސާ ހަ މަހަށް ފަސްކޮށްދޭން އެދިފައިވަނީ ކުންފުނި ތަކަށް އާމްދަނި ލިބުން ދަތިވެ، ކޭޝް ފްލޯ އަށް ބޮޑު ލޮޅުމެއް އަރާފައިވާތީ، ޕެންޝަނަަށް ފައިސާ ދެއްކުމުން ވަޒީފާގައި ތިބޭ މުވައްޒަފުންނާއި ކުންފުނި ތަކަށް ވެސް ދަތިވެފައިވާތީ ކަމަށެވެ. މީގެ އިތުރުން ވަނީ އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބަހައްޓާފައި ހުންނަ އެއާޕޯޓް ގެސްޓް ކައުންޓަރު ތަކަށް ނަގާ ފީވެސް ހަ މަސް ދުވަހަށް ފަސްކޮށްދޭން އެދިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އައި ހީނަރުކަމުގެ އަސަރު އެންމެބޮޑަށް ކުރި ބަޔަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތް ތަކެވެ. އެގޮތުން ބައެއް މުވަޒަފުން ނޯޕޭއަށް ފޮނުވާލުމުގެ އިތުރުން މައެއް މުވައްޒަފުންގެ ވަޒީފާ ގެއްލި އަނެއްބައި މުވައްޒަފުންގެ މުސާރަ ވަނީ ކުޑަ ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355