twitterviber whatsapp telegramfacebookyoutube instagram
4th September 2025

އެކްސްޕްރެސް ކާގޯ ހިދުމަތް މޯލްޑިވިއަނުން އަލުން ފަށައިފި

Jun 16, 2020

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަނުން ދެމުން ގެންދިޔަ އެކްސްޕްރެސް ކާގޯގެ ހިދުމަތް އަލުން ފަށައިފި އެވެ.

މޯލްޑިވިއަން އެކްސްޕްރެސް ކާގޯގެ އޮފިޝަލަކު މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 އިގެ ލޮކްޑައުން ލުއި ކޮށްދީ ޑޮމެސްޓިކް ފްލައިޓްތައް ފެށުމުން ކާގޯގެ ހިދުމަތް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 2:30 އަށް އައިފާނު ބިލްޑިންގައި ހުންނަ އެކްސްޕްރެސް ކާގޯގެ އޮފީސް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އިތުރަށް އެ އޮފިސަލު ވިދާޅުވީ އަދި ކޮންމެ ދުވަހަކުވެސް ނަގާނީ މީހަކަށް 10 ކިލޯގެ ކާގޯ ކަމަށާއި މިހާރު ކާގޯ ހިދުމަތް ދޭން ނިންމާފައި ވަނީ އަވަހަށް ހަލާކުވާ ޕެރިޝަބަލް ކާގޯގެ ބާވަތްތަށް އެކަނި ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުންވަނީ ހުރިހާ ޑޮމެސްޓިކް ފުލައިޓްތަކުގެ ދަތުރުތައްވެސް މެދުކަނޑާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355