twitterviber whatsapp telegramfacebookyoutube instagram
6th September 2026

އިތުރު 37 މީހަކު ޕޮޒިޓިވް ވެއްޖެ

Jun 21, 2020

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 37 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނިގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް 37 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ 19 ދިވެހިންނާއި ބަގްލަދޭޝްގެ 12 މީހެއްގެ އިތުރުން އިންޑިޔާގެ 6 މީހެކެވެ.

މިދިޔަ އޭޕްރީލް މަހުގެ 15އިން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި މި ބަލި މިހާތަނަށް 2،187 މީހުންނަށް ވަނީ ޖެހިފަ އެވެ. އެކަމަކު އޭގެ ތެރެއިން 1،788 މީހުން ރަނގަޅުވެފައިވާއިރު މިހާރު ޕޮޒިޓިވް މީހުންގެ އަދަދު އުޅެނީ 389ގަ އެވެ.

މިއަދަކީ ކޮވިޑްއާއި ގުޅިގެން ކުރި ފުރަބަންދަށް ލުއި ދިން ފަހުން މިހާ ގިނަ ދިވެހިން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަތާ ދެމަހެއްހާ ދުވަސް ފަހުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355