twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބީއެމްއެލް އޭޓީއެމްގެ ހިދުމަތް އިތުރު ހަތަރު ރަށަކަށް

ނަބީލާ އިސްމާޢީލް
Jun 23, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންްވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން އިތުރު ހަތަރު ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމައިފި އެވެ.

ބީއެމްއެލްގެ ވިއުގަ ފުޅާ ކުރުމަށް އޭޓީއެމްތައް ހުޅުވުމަށް އެ ބޭންކުން ނިންމައިފައިވަނީ ނ. ކެނދިކުޅުދޫ އާއި ކ. ގުރައިދޫ އާއި އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގަ އެވެ. މި ރަށްތަކުގައި ބަހައްޓާ އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

މި އޭޓީއެމްތަަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެ އަށް އެންމެ ޒަމާނީ ބޭންކިން ހިދުމަތްތައް ލިބޭނެ ގޮތް ފަހިކުރުމުގެ ގޮތުން އެ ބޭންކުން އިންވެސްޓް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ހަތަރު ރަށުގެ އޭޓީއެމް އަންނަ ހަފުތާ ތެރޭގައި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ މިރަށްތަކަށް އޭޓީއެމް ގެންދާން. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށްއޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިމިގެންދާނެކަމަށް،" ޓިމް ސޯޔާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355