twitterviber whatsapp telegramfacebookyoutube instagram
20th March 2026

ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަނީ

Jun 23, 2020

ރާއްޖޭގެ ބޯޑަރު އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައިމިލަނީ ކޮވިޑް-19 އާއި ގުޅިގެން ދެމަސް ދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު އެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު މިއަދު ވިދާޅުވީ އެ ދުވަހު ރާއްޖެ ހުޅުވާލުމާއެކު ރާއްޖޭގެ ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ވެސް ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެ ހުޅުވާލަން އަންނަ އިތުރު ލުއިތަކެއް ދޭއިރު، ކޮވިޑް ބައްޔަށް ޓެސްޓް ކުރެވޭނެ ވަސީލަތާއި އެހެނިހެން ފަރުވާ ދެވޭނެ ވަސީލަތް ގާއިމް ކުރެވިފައިވާ ކަމަށެވެ.

އަދި އަންނަ އޮގަސްޓް މަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. އަދި ދުބާއީންނާއި ޖަރުމަނުން ރާއްޖެއަކީ ދަތުރުކުރުމަށް ރައްކާތެރި މަންޒިލެއްކަމަށް ކަނޑައެޅުމަކީ ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވާފަ އެވެ.

ޓޫރިޒަމް ހުޅުވާލި ނަމަވެސް ރާއްޖެ އަށް ލިބޭ އާމްދަނީ ދެ ދެބައިކުޅަ އެއްބައި ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ޓޫރިޒަމް 50 ޕަސެންޓް ދަށްވެ ދައުލަތަށް އާމްދަނީގެ ގޮތުގައި ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް 50 ޕަސެންޓް ދަށްވެ، ދައުލަތަށް އާމްދަނީގެ ގޮތުގައި ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި ލިބޭނީ 15 ބިލިއަން ރުފިޔާ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355