twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ކުރިއަށް އޮތް ހަ މަސް އިގްތިސާދީގޮތުން ދަތިވާނެ: ރައީސް

Jun 24, 2020

ކުރިއަށް އޮތް ހަ މަސް ދުވަހަކީ އިގްތިސާދީ ގޮތުން ދަތި ދުވަސްތަކަކަށް ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ހަރަދުތަކުގެ އިތުރުން އާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަ މަސް ދުވަސް ވެގެންދާނީ ވިޔަފާރިތަކާއި އާންމުންނަށް އުނދަގޫ ދުވަސްތަކަކަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބަޖެޓަށް ބެނުންވާ ފައިސާ އެކި ގޮތްގޮތުން ހޯދަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ބޭރުގެ ހެޔޮ އެދޭ ގައުމުތަކުންނާއި ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައި މިވާ ދަތި ހާލަތުން އަރައިގަނެވޭނީ މި އަހަރު އަދި ގާތްގަނޑަކަށް އެއް ބިލިއަނެއްހާ ޑޮލަރު ލިބިގެން ކަމަށެވެ.

ގާތް ގައުމުތަކުގެ ތެރެއިން އސައުދީ އަރަބިއްޔާއިން 50 މިލިއަން ޑޮލަރުގެ އެހީއެއް އަދި އަބޫދާބީ ފަންޑުންވެސް 50 މިލިއަން ޑޮލަރުގެ އެހީއެއް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355