twitterviber whatsapp telegramfacebookyoutube instagram
5th May 2026

ރާއްޖެ ހުޅުވާލުމާއި ގުޅޭގޮތުން ވަޒީރުން މަޖިލީހުގައި މަޝްވަރާކުރައްވައިފި

ޚަދީޖާ އާދަމް
Jun 25, 2020

ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި އަމަލު ކުރުމަށް ނިންމާފައިވާ ގޮތްތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި އަމަލު ކުރުމަށް ނިންމާފައިވާ ގޮތްތަކާ ގުޅޭގޮތުން ވަޒީރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު އަންނަ މަހު 15 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާއިރު ފަތުރުވެރިކަން ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުންނާއި ކުރިއަށް އަޅަންހުރި އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި މާލެ ސިޓީ ލޮކްޑައުން ކުރުމަށްފަހު ލޮކްޑައުންއަށް ލުއި ދީފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މާޗް 27 ވަނަ ދުވަހު ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355