twitterviber whatsapp telegramfacebookyoutube instagram
8th November 2025

ރާއްޖެއަށް އޭޑީބީން އިތުރު 50 މިލިއަން ޑޮލަރު ދެނީ

Jun 27, 2020

އޭޝިއަން ޑިވްލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް އިތުރު 50 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

އޭޑީބީން މި ފައިސާ ދެނީ ރާއްޖޭގެ ފަސް ސަރަހަދެއްގައި ހުރި ހޮސްޕިޓަލް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތް ހަމަޖެއްސުމާއި ދުވާލަކު 800 ޓެސްޓް ހެދޭނެ ވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ހާއްސަކޮށް އައިސޮލޭޝަން 400 އެނދު ގާއިމްކޮށް އިތުރު، 200 އައިސީޔޫ އެނދު ހޯދުމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން އެހީ ވެދޭ ބޭރުގެ ބޭންކް، އޭޑީބީން ބުނި ގޮތުގައި މި ފަހަރު ދޭ އެހީގެ ތެރެއިނ 25 މިލިއަން ޑޮލަރަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ.

އޭޑީބީން ބުނީ މި އެހީ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ވަސީލަތް ގާއިމް ކުރުމަށް 500،000 ޑޮލަރުގެ ފަންނީ އެހީ ދޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިހާތަނަށް 300 މިލިއަން ޑޮލަރު ޔަގީން ވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355