twitterviber whatsapp telegramfacebookyoutube instagram
20th April 2026

އަންހެން ދަރިފުޅަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފި

ނަބީލާ އިސްމާޢީލް
Jun 28, 2020
2

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެކި ދުވަސްމަތިން އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ތ.ވޭމަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 25 ވަނަ ދުވަހު ކަމަށާއި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ވޭމަންޑޫ މެޖިސްޓްރޭޓު ކޯޓުން އަށް ދުވަސް ދީފައިވާ ކަަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ދާދި ފަހުންވެސް ވަނީ ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ހައްޔަރުކުރި މީހަކު، ހެކި ހުރެމެ ބޮޑު ކުށަކަށް ނުވާތީ ދޫކޮށްލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355