twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުރިއަށް އޮތް ދެދުވަހު އޮފީސްތައް ހުޅުވާނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް

Jun 30, 2020

މި ހަފުތާގައި ކުރިއަށް އޮތް ދެ ދުވަހު ވެސް އޮފީސްތައް ހުޅުވާނީ ކޮވިޑް-19 އާ ގުޅިގެން ފަހަކަށް އައިސް ހަމަޖައްސާފައިވާ އުސޫލުން ކަމަށް ރައީސް ކަނޑައަޅުއްވައިފި އެވެ.

މާދަމާއިން ފެށިގެން އޮފީސްތައް ހުޅުވާނެކަން އިއުލާން ކުރުމަށްފަހު މާދަމާ އާއި ބުރާސްފަތި ދުވަހު ވެސް އޮފީސްތައް ހުޅުވާނީ ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވާ އުސޫލުންކަމަށް ހާމަކޮށްފައިވަނީ ރައީސް އޮފީހުން ނެރުނު ބަޔާނެއްގަ އެވެ.

ރައީސް، މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި އޮތުމަށް ފަހު، ރައްކާތެރިވެ ތިބުުމުގެ ފިޔަވަޅުތަކާ އެކު އޮފީސްތައް މާދަމާ ހުޅުވާނެ ކަމަށާއި ކޮވިޑް-19ގެ މަސައްކަތްތައް ކުރަން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތްތައް މާދަމާ ނިމުމަކަށް އަންނަ އާ މަރުހަލާގައި އޮފީސްތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ބުދަ، އަދި ބުރާސްފަތި ދުވަހު އޮފީސްތައް ހުޅުވާނީ މިދިޔަ މަހެއްހާ ދުވަހު ވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވި ގަޑިއަށެވެ. އެއީ ހެނދުނު 9 ން މެންދުރުފަހު 1 އަށެވެ.

ރައީސް ކަނޑައަޅުއްވާފައިވާ ގޮތުން، މި ދެ ދުވަހު ވެސް އޮފީސްތައް ހުޅުވައިގެން ޚިދުމަތްތައް ދޭން ވާނީ އެޗުޕީއޭ އިން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355