twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް 1 ޖީބީގެ މޯބައިލް އިންޓަނެޓް ޕެކޭޖެއް ދިރާގުން ތަޢާރަފްކޮށްފި

May 11, 2011

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް 1 ޖީބީގެ މޯބައިލް އިންޓަނެޓް ޕެކޭޖެއް ދިރާގުން ތަޢާރަފްކޮށްފިއެވެ.

މޯބައިލް އިންޓަނެޓްގެ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދެމުންގެންދާ ދިރާގުން ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވިގޮތުގައި މިޕެކޭޖް އިއްޔެ ތައާރަފްކޮށްފައިވަނީ ސްމާޓް ފޯންތަކާއި ޕީޑީއޭތަކުން މޯބައިލް އިންޓަނެޓްގެ ޚިދުމަތް ގިނައިން ހޯދާފަރާތްތަކަށް އަމާޒުކޮށްގެންނެވެ. “ޖީބީ ޕެކް” ގެ ނަމުގައި ދިރާގުން ތައާރަފް މިކުރި ޕެކޭޖް ބޭނުން ކުރަށްވާ ފަރާތްތަކުން 160 ރުފިޔާގެ މަހުފީއެއް ދެއްކުމުން 1 ޖީބީގެ އިންޓަނެޓް ކޯޓާއެއް ލިބިގެންދާނެކަމަށް ދިރާގުން މަޢުލޫމާތު ދެއްވިއެވެ.

މި ޕެކޭޖް ތަޢާރަފް ކޮށްދެއްވަމުން ދިރާގުގެ މެނޭޖަރ، މޯބައިލް މާކެޓިންގ، ރިއްފަތު މުހައްމަދު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ސްމާޓް ފޯނާއި ޓެބްލެޓް ޕީސީ ގެންގުޅޭ ދިރާގުގެ ކަސްޓަމަރުން ގިނަވެއްޖެ ކަމަށާއި، މިފަދަ ޕެކޭޖަކަށް އެދިއެދި ތިބި އެކުންފުނީގެ ކަސްޓަމަރުންގެ އެއެދުން ފުރިހަމަ ކޮށްދިނުމުގެ ގޮތުން ދިރާގުން މިހިދުމަތް ފުރަތަމަ ފަހަރަށް ތައާރަފް ކުރުމަކީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މިހިދުމަތް ތައާރަފް ކުރުމުން ސްމާޓް ފޯނު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ފަސޭހަވެގެން ދާނެއެވެ.

ދިރާގުގެ ޕްރީޕެއިޑް އަިދ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭ މިޕެކޭޖަށް ސަބްސްކްރައިބް ކުރެއްވުމަށް Add<space>GB1 ޖައްސަވާފައި 445 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ބައިވެރިވެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355