twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސޮނެވާ ނަމޫނާއިން ދަނޑުވެރިކަން ދަސްކޮށްދޭ އޮންލައިން ކޯހެއް

Jul 6, 2020

ޖަޒީރާ މާހައުލެއްގައި ކާނާ ހައްދަން ދަސްކޮށްދިނުމަށް "އޯގަނިކް ޓްރޮޕިކަލް ގާޑެނިން" ގެ ނަމުގައި އޮންލައިން ކޯހެއް ސޮނެވާ އިން ތައާރަފް ކޮށްފި އެވެ.

މި ކޯސް ހާއްސަކޮށްފައިވަނީ ކުޑަ ބެލްކަންޏެއްގައި، ގޭގެ ބަގީޗާގައި ނުވަތަ ބޮޑު ދަނޑެއްގައި ނަމަވެސް، އަލަށް ކާނާ ހައްދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށެވެ.

ބ.އަތޮޅުގައި އޮންނަ ސޮނެވާފުށީގައި ނަގާފައިވާ މި ކޯހުގެ 10 ވީޑިއޯ އެޕިސޯޑު މިހާރު ވަނީ ފޭސްބުކްގައި އާންމުކޮށްފަ އެވެ. ގަސް ހައްދަން ސަރަހައްދެއް ތައްޔާރުކުރާނެ ގޮތާއި ގަސް އިންދުމުގައި އަމަލުކުރާނެ ގޮތްތަކާއި ދަނޑު ބަލެހެއްޓުމާއި ތަރުކާރީ ކަނޑާނެ ގޮތުގެ މައުލޫމާތުގެ އިތުރުން ހައްދާ ތަރުކާރީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް މި ވީޑިއޯތަކުން ކިޔައިދޭނެ އެވެ.

މި ކޯހަކީ ބ. މާޅޮސް، ކިހާދޫ، ދަރަވަންދޫ، ސޮނެވާ އަދި ކޮމަން ސީސް ގުޅިގެން ހިންގާ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ތެރެއިން ތައްޔާރުކޮށްފައިވާ ކޯހެކެވެ.

މިކޯސް ސޮނެވާ ނަމޫނާގެ ސޯޝަލް މީޑިއާގައި މިހާރުވަނީ ޕޯސްޓުކުރެވިފައެވެ. އަދި ދަނޑުހެއްދުމާ ބެހޭގޮތުން ސޮނެވާގެ ޓީމާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

"ތިމާ ކާއެއްޗިއްސަކީ ދުޅަހެޔޮ، ހަށިގަނޑަށް ފައިދާ ކުރުވަނިވި ކާނާ ކަމުގެ ޔަގީންކަން ލިބޭނެ އެއްގޮތަކީ އަމިއްލައަށް ކާނާ ހެއްދުން. މީ ހިތްހަމަޖައްސާލާ ތިމާވެއްޓާ އޮންނަ ގުޅުން ބަދަހިކުރުމަށްވެސް ރަނގަޅު ގޮތެއް،" ސޮނެވާ ފުށީގެ ވޭސްޓު-ވެލްތު މެނޭޖަރ، ޖަސްޓިން ރޮބަރޓްޝޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސޮނެވާގައި ބޭނުންކޮށް ޔަގީންކަން ލިބިފައިވާ، ހޫނު، ޖަޒީރާ މާހައުލެއްގައި ކާނާ އުފެއްދުމަށް ބޭނުންކުރެވިދާނެ ފާމަކަލްޗާގެ އުސޫލުތައް އެހެން ފަރާތްތަކާވެސް ހިއްސާކުރަން،" ޖަސްޓިން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355