twitterviber whatsapp telegramfacebookyoutube instagram
21st April 2021

އަމީތާބު ކޮވިޑަށް ޕޮޒިޓިވްވެ، ސްޓާފުންނާއި އާއިލާ ޓެސްޓުކުރަނީ

ނަބީލާ އިސްމާޢީލް
Jul 12, 2020

ބޮލީވުޑްގެ މަޝްހޫރު އަމީތާބް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

އަމީތާބު ވަނީ ޓުވީޓާ މެދުވެރިކޮށް ފޭނުންނަށް އެކަން ހިއްސާކޮށްފަ އެވެ. އެ ޓުވިޓްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވެ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ހޯދަމުންދާކަމަށެވެ. އަދި އާއިލާގެ މެންބަރުންނާއި މުވައްޒަފުން ވެސް މިހާރު އަންނަނީ ޓެސްޓްކުރަމުން ކަމަށާއި އެ މީހުންގެ ޓެސްޓްތަކުގެ ނަތީޖާއެއް އަދި ނުލިބޭކަމަށެވެ. ޓްވީޓްގައި އިތުރަށް އަމީތާބު ވަނީ ފާއިތުވި 10 ދުވަސްތެރޭ އޭނާއާއި ބައްދަލުވި މީހުންވެސް ކޮވިޑަށް ޑެސްޓުކުރުމަށެވެ.

އަމީތާބު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އޭނާ އަށް އަވަސް ޝިފާއެއް އެދި މެސެޖްތައް ފޮނުވަމުންނެވެ.

ކާމިޔާބު އެކްޓަރު އަމީތާބަށް 77 އަހަރުވެފައިވާއިރު އޭނާ ހިމެނެނީ މި ބަލީގައި އެންމެ ރިސްކްބޮޑު މީހުންގެ ތެރޭގަ އެވެ. ކޮވިޑް-19 އަކީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ނުރައްކާވެދާނެ ބައްޔެއް ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355