twitterviber whatsapp telegramfacebookyoutube instagram
30th April 2026

ދުވާފަރުން ތިން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް

Jul 12, 2020

ރ. ދުވާފަރުގައި ހޯމް ކަރަންޓީންގެ މުއްދަތު ހަމަކޮށް، ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ދޫކޮށްލި ތިން މީހަކު އަލުން އެ ބައްޔަށް ޕޮޒިޓިވްވެ މުޅި ރަށް މޮނިޓަރިންގެ ހާލަތަށް އިއްޔެ ގެނެސްފި އެވެ.

ދުވާފަރުން ހޯމް ކަރަންޓީން ފުރިހަމަކޮށް ދޫކޮށްލި ފަހުން ޕޮޒިޓިވްވެފައިވަނީ ދެމަފިރިއަކާއި އެ މީހުންގެ ދަރިފުޅެވެ.

މާލެ އިން ދުވާފަރަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ގޮސް ހޯމް ކަރަންޓީނުގައި 14 ދުވަސް ހަމަކުރުމަށްފަހު ފުރަތަމަ ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭ އިން އެންގުމުން މީގެ ދެ ދުވަސްކުރިން ދޫކޮށްލި ތިން މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއްޔެ ވަނީ އަންގާފަ އެވެ.

އެއާ އެކު އެ މީހުން ދިރިއުޅެމުންދާ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާއިރު އެޗްޕީއޭ އިން ރޭ ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ނަމަވެސް އޭރު އެ މީހުން ވަނީ ރަށުގެ ގިނަ ބަޔަކާ ބައްދަލްވެފައެވެ.

ރާއްޖެއިން މިހާތަނަށް 2664 މީހަކަށް މި ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން 2268 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. 378 މީހަކު ބައްޔަށް ފަރުވާ ހޯދާއިރު އޭގެ ތެރެއިން 19 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. މިހާތަނަށް 13 މީހަކު ވަނީ މި ބަލި ޖެހިގެން ރާއްޖެއިން މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355