twitterviber whatsapp telegramfacebookyoutube instagram
21st September 2020

އިމޯޖީ ބޭނުން ކުރުމަށް ދިރާގުން 5ޖީބީ ޑޭޓާ ދެނީ

ޚަދީޖާ އާދަމް
Jul 18, 2020

"އިމޯޖީ" ބޭނުން ކޮށްގެން މުއާމަލާތްތައް ކުރުމުން ފަސް ޖީބީ ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވާލައި މި ޕްރޮމޯޝަން މިރޭ 12:00 ޖެހުމާ ހަމައަށް ކުރިއަށް ދާނެ އެވެ.

"ދުނިޔޭގެ އިމޯޖީ ދުވަސް" ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ފޭސްބުކް ޕޭޖް ނުވަތަ އިންސްޓަގްރާމްގައި ތިން އިމޯޖީއެއް ބޭނުން ކޮށްގެން އެންމެ ގާތް އެކުވެރިޔާ ސިފަކޮށް ދިނުމުން ބައިވެރިވެވެ އެވެ.

މިގޮތަށް ސިފަކޮށް ދިނުމުން ގުރުއަތުން ހޮވޭ ފަރާތަކާއި އެ ފަރާތެއްގެ އެންމެ ގާތް އެކުވެރިޔާ، އެއިން ކޮންމެ މީހަކަށް ފަސް ޖީބީ ޑޭޓާ ހިލޭ ދެއެވެ.

ދުނިޔޭގައި އިމޯޖީ ދުވަސް ފާހަގަ ކުރަނީ ޖުލައި 17 ވަނަ ދުވަހު އެވެ. ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އިމޯޖީއަކީ "އުފަލުގެ ކަރުނަ" ދައްކުވައިދޭ އިމޯޖީ އެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ބޭނުން ކުރަނީ ރޯ މަންޒަރު ދައްކުވައިދޭ އިމޯޖީ އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މެޑިކަލް މާސްކް އަޅައިގެން ހުރި މޫނުތައް ސިފަވާ އިމޯޖީ ބޭނުން ކުރުންވަނީ އިތުރުވެފަ އެވެ.

މިހާރު އިމޯޖީ ވެފައިވަނީ ޝޯޝަލް މީޑިއާ ބޭނުން ކުރާ މިހުންގެ މެދުގައި މަގުބޫލު އެއްޗަކަށެވެ. އިމޯޖީ ފުރަތަމަ ތައާރަފު ކުރީ ޖަޕާނުގެ އާޓިސްޓެއް ކަމަށްވާ ޝިގެޓާކާ ކުރިޓާ 1999 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355