twitterviber whatsapp telegramfacebookyoutube instagram
9th May 2026

ފީވަކު ބަނދަރު މަސައްކަތުގެ 52 ޕަސެންޓު ނިންމާލައިފި

ޚަދީޖާ އާދަމް
Jul 27, 2020

ށ. ފީވަކު ބަނދަރު ޑިޒައިން ކުރުމާއި ބަނދަރު ފުންކުރުމު މަޝްރޫއުގެ 52 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ މި މަސައްކަތް އެ ކޮމްޕެނީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

ޖުމްލަ 69.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ މަޝްރޫއުގެ ދަށުން ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 356 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355