twitterviber whatsapp telegramfacebookyoutube instagram
26th March 2026

އިތުރު 67 މީހަކު ޕޮޒިޓިވް ވެއްޖެ

ޚަދީޖާ އާދަމް
Jul 27, 2020

ރާއްޖޭން އިތުރު 67 މީހަކު ކޮވިޑް-19 ޕޮޒިޓްވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,369 އަށް އަރާފައެވެ.

އެޗްޕީއޭއިން ދބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 67 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ.

އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 43 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހުންގެ ތުރުން އިންޑޮނޭޝިޔާގެ މީހަކާއި އެމެރިކާ މީހެކެވެ. އެމެރިކާ މީހަކީ އިއްޔެ ރާއްޖެ އައި ފަތުރުވެރި އެކެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. ހޮނިހިރު އަކީ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ ދުވަހެވެ. އެ ދުވަހު 77 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ފަރުވާގައި ތިބީ 792 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355