އުރީދޫގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް ހަދިޔާއެއްގެ ގޮތުން ހިލޭ ޑޭޓާ އާއި ކޯލް ރޭޓްތަކުން ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.
އުރީދޫން ބުނީ މި އޮފާތަކުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ، މަންތްލީ ޑޭޓާ އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 20 ޕަސެންޓުގެ އިތުރު ޑޭޓާ ލިބޭނެ ކަމަށެވެ. މި މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ މައިފައި ޑިވައިސްތަކަށް ކުރާ ރީޗާޖްތަކަށް 15 ޕަސެންޓު ބޯނަސް ޑޭޓާ އަދި ސާކް ގައުމުތަކަށް ކުރާ އައިޑީޑީ ފޯން ކޯލްތަކުން 15 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.
ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު އުރީދޫ އެޕް މެދުވެރިކޮށް އަހަރީ ދުވަހުގެ އޮފާ އެކްޓިވޭޓް ކޮށްލެވޭއިރު، ކަސްޓްމަރުންނަށް މުޅި މި މަހަށް މިއޮފާތައް ލިބޭނެ އެވެ. މި ހާއްސަ ޑޭޓާ އޮފާތަކުގުގެ ތަފްސީލުތައް އުރީދޫ ވެބްސައިޓުން ވެސް ލިބޭނެ އެވެ.
އަހަރީ ދުވަހާ ގުޅިގެން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ އުރީދޫގެ ކާމިޔާބު 15 އަހަރުގެ ރާސްތާގައި ކަސްޓަމަރުންގެ ފަރާތުން މެދުކެނޑުމެއް ނެތި އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އެކަމަށް ނަޖީބް ހާން ވަނީ ޝޫކުރު އަދާކުރައްވާފައެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދުނިޔޭގެ އައު އީޖާދީ އުފެއްދުންތައް ދިވެހިންނާ ގުޅުވައިލަދީ މުޖުތަމައުތައް ކުރިއެރުވުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.