ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ބަނދަރު ސަރަހައްދުގައި ހުރި ކެމިކަލް ގުދަނެއް ރޭ އިރާކޮޅު ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 70 އަރައިފި އެވެ
މި ހާދިސާގައި 4000 މީހުން ޒަހަމް ވެފައިވާއިރު އެ ހާދިސާ ހިނގި ސަރަހައްދު އެއްކޮށްހެން ވަނީ ބިމާ ހަމަވެފައެވެ.
ބީބީސީން އެގަމުގެ އޮފިޝަލުންނާއި ހަވާލީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެތަނުގައި ބާރުގަދަ ގޮވާތަކެތި ގުދަން ކޮށްފައި ހުންނަތާ 6 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
لحظة اندلاع #انفجار في العنبر رقم 12 في مرفأ #بيروت#LBCI #LBCILebanon pic.twitter.com/IHGj1ciSRL
— LBCI TV (@LBCILebanon) August 4, 2020
ލުބްނާންގެ ރައީސް ވިދާޅުވެފައިވަނީ އެތަނުގައި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާ ކޮށްފައި ހުރީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނޫން ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެ ހާދިސާގެ ޒިންމާ ނަގަން ޖެހޭ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގުދަން ގޮވާފައިވަނީ އެ ތަކެތި އެފްރިކާ އަށް ގެންދިއުމަށް ތައްޔާރުވެފައި ވަނިކޮށެވެ. ގުދަން ގޮވުމާ އެކު މުޅި އެ ސަރަހައްދުގެ އިމާރާތްތައް ވެސް ފުނޑުފުނޑުވި އެވެ. ގޮވުމުގެ އަޑު މެޑިޓެރޭނިއަންގެ އިރުމަތީގައި 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް އިވުނު ކަމަށްވެ އެވެ.