twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަރުވި މީހުންގެ އަދަދު 135 އަކަށްވުރެ މައްޗަށް

ނަބީލާ އިސްމާޢީލް
Aug 6, 2020

ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ބަނދަރު ސަރަހައްދުގައި ހުރި ކެމިކަލް ގުދަނެއް ގޮވުމުގެ ހިތާމަވެރި ހާދިސާގެ ސަބަބުން މަރުވި މީހުންގެ އަދަދު 135 އަށް ވުރެން މައްޗަށް އަރާ، 3 ލައްކަ އެއްހާ މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައިވާ ކަމަށް މީޑިއާތަށް ރިޕޯޓް ކުރެ އެވެ.

ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމާއެކު ލެބަނަންގެ ރައީސް މައިކަލް އައުން ވަނީ އެމަރޖެންސީ ކެބިނެޓް ބައްދަލުވުމެއް އިއްޔެ ބާއްވާފައެވެ. އަދި މި އާއެކު އެގައުމުގައި 2 ހަފްތާގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ.

މި ހާދިސާގައި މިހާތަނަށް 135 އަށް ވުރެ ގިނަ މީހުން މަރުވެ 5 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ވެސް އިތުރު މީހުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބެދާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

3 ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާއިރު އެ މީހުންނަށް ބޯހިޔާ ވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަމަޖައްސަމުންނެވެ.

ބާރުގަދަ ގޮވުން ގޮވާފައިވަނީ ބެއިރޫތުގެ ބަނދަރުމަތީ ސަރަހައްދުހައި ހުރި ގުދަން ތަކެއްގައި އެތައް އަހަރެއް ވަންދެން ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އެމޯނިއަމް ނައިޓްރޭޓް އަކީ ގަސްކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުން ކުރާ މާއްދާއެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގުދަން ގޮވާފައިވަނީ އެ ތަކެތި އެފްރިކާ އަށް ގެންދިއުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

ލެބަނަންގެ ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ރައީސް މައިކަލް ވިދާޅުވެފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ހަ އަހަރު ވަންދެން ގުދަނެއްގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355