twitterviber whatsapp telegramfacebookyoutube instagram
10th November 2026

އޮސްޓްރޭލިއާއަށް ކޮވިޑްގެ ދެވަނަ ރާޅެއް

ޚަދީޖާ އާދަމް
Aug 11, 2020

އޮސްޓްރޭލިއާގައި ކޮވިޑް ފެތުރޭ މިންވަރު އިތުރު ވެފައިވާކަމަށާއި އެގޮތުން މެލްބެރޫން، ސައުތް ވޭލްސް، ވިކްޓީރިއާއިން އެކްޓިވް ކޭސް ފެނިފައިވާ ކަމަށާއި ސިޑްނީންވެސް އިތުރު މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

ނިއު ސައުތް ވޭލްސްއިން މިދިޔަ އަންގާރަ ދުވަހުވެސް ވަނީ 22 ކޭސް ރިޕޯޓްކޮށްފައެވެ. އެ ސްޓޭޓްއިން ކްލަސްޓާ ފެނިފައިވަނީ ސްކޫލަކުންނެވެ. ވިކްޓޯރިއާއިން ވަނީ އިތުރު 331 ކޭސް ފެނިފައިވާއިރު އިތުރު 19 މީހަކު ވަނީ މަރުވެފައެވެ.

ސިޑްނީން ފެނިފައިވާ ކުޑަ ކްލަސްޓާއެއް ކަމަށާއި ނަމަވެސް މިހާރުން ފެށިގެން ރައްކާތެރި ފިޔަވަޅު އަޅަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެގޮތުން މަދުވެގެން 18 މަސް ދުވަހަށް އޮސްޓްރޭލިއާގެ ނޮދާރންގެ ޓެރިޓޮރީގެ ބޯޑަރުތައް ބަންދުކުރުމަށް މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އެހެން ހިސާބުތަކުގެ ބޯޑަރުތައް މިދިޔަ ޖުލައި މަހު 17 ގައި ވަނީ ހުޅުވާލާފައެވެ.

ގައުމުގެ އެހެން ހިސާބުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ ނަމަވެސް ގައުމު އެތެރޭގެ ދަތުރު ފަތުރުތައް މަދުކުރުމަށާއި އަދި ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މިއަަހަރަށް ދަންމާލުމަށް ނިންމާފައިވާކަމަށް އެގައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވަނީ ވިދާޅުވެފައެވެ.

އެގައުމުން މިހާތަނަށް 22،000 އެއްހާ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 332 މީހުން ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293