twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮންޓެކްޓްގައި ސޮއިނުކޮށް ހުރި މަޝްރޫއުތައް މިއަހަރު ނުފަށާނެ: އަސްލަމް

ނަބީލާ އިސްމާޢީލް
Aug 11, 2020

މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް ކޮންޓްރެކްޓްގައި ސޮއިނުކޮށް ހުރި މަސައްކަތްތައް އަދި ފެށެން ނެތް ކަމަށް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ އެ ދާއިރާތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމާ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މިވަގުތު ކޮންޓެކްޓްގައި ސޮއިނުކުރެވި ހުރި މަޝްރޫއުއެއްވާނަމަ އެ މަޝްރޫއުތައް މިއަހަރު ފެށެން ނެތްކަމަށާއި، އެމަޝްރޫއުތައް ކުރިއަށްގެންދެވޭނީ ދައުލަތުގެ ބަޖެޓުން ޖާގަ ލިބުމުންކަމަށެވެ. އެހެންކަމުން މިވަގުތު ސޮއިކޮށްފައިވާ ކޮންޓެކްޓްތަކުގައި ހިމެނޭ މަޝްރޫއުތައް ޕްލޭން ކުރެވިފައިވާގޮތަށް ކުރިއަށްދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މިއަހަރު ދައުލަތުން ފާސްކުރި ބަޖެޓުގައި އަންދާސާކޮށްފައިވާ އަދަދަށް ފައިސާ ލިބުމަށް ދަތިވާނެތީ، ކުރިއަށް ރާވާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލުމަށް ސަރުކާރުން މީގެ ކުރިން ވަނީ ނިންމައިފަ އެވެ.

މިއަހަރަށް ފާސްކުރި 37.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދިމާވެފައިވާ އިޤްތިސާދީ އަޑިގަނޑުގެ ސަބަބަުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ޓެންޑާނުކޮށް ހުރި މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355