twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފައިތިލަ ފަޅައިގެން ދަނީތަ؟ ހައްލެއް ލިބިއްޖެ ތަ؟

ނަބީލާ އިސްމާޢީލް
Aug 12, 2020

ފައިތިލަ ފަޅައިގެން ދިއުމުގެ މައްސަލައަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. އެވޭނުގައި އުޅޭ މީހަކަށް ނޫނީ އެކަމުގެ އިހުސާސް ނޭނގޭނެ އެވެ. އެފަދަ މީހުން އެކަން ހައްލު ކުރަން އެތަކެއް ޑޮކްޓަރުންނަކަށް ދައްކާ އެތަށް ބޭހެއްވެސް ބޭނުންކުރެ އެވެ. އެކަމަށް ހައްލެއް ހޯދިއްޖެނަމަ ފައިފަޅައިގެން ދިޔަނުދީ ހިފެހެއްޓިދާނެއެވެ.

ފައި ފަޅައިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް ހާއްސަކޮށް އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. މޫސުމަށް އަންނަ ބަދަލާއެކު ވެސް ފައި ފަޅައިގެން ދިއުމުގެ މައްސަލަ ބޮޑުވެ އެވެ. ބައެއް މީހުންގެ ފުންނާބު ފަޅައިގެން ގޮސް ލޭ އައިސް އަދި ފަޅައިގެން ގޮސްފައިވާ ތަނުގައި ބެކްޓީރިއާ އަށަގަންނަންވެސް ދިމާވެ އެވެ.

އާންމުކޮށް ފައި ފަޅައިގެންދާ ސަބަބު ތަކެއްގޮތުގައި ސިއްހީ މާހިރުން ފާހަގަ ކުރާ ކަންތަކުގެ ތެރޭގައި ހިމެނެނީ އެކަށީގެންވާ މިންވަރަށް ފައިދޮވެ ސާފުނުކުރެވުން، ހޫނު ގަދަވުން، ފައިގެ ދަށްފުށުގެ ހަން މާބޮޑަށް ހިކުން، އިންފެކްޝަން އުފެދުން، ހަކުރު ބަލި ނުވަތަ ތައިރޮއިޑްގެ ސަބަބުން ހަންގަނޑު ކުރަކިވުން، އުމުރުން ދުވަސްވުން، ފަޔާއި ނުގުޅޭ ފައިވާނަކަށް އެރުން، ވިޓަމިންގެ ބާވަތްތައް މަދުވެގެން ފައި ހަންގަނޑު ހަލާކުވުން ފަދަ ކަންތައް ހިމެނެ އެވެ.

މި މައްސަލައަށް ކުރެވިދާނެ ފަރުވާތަކުގެ ތެރޭގައި ކާށިތެލުން މަސާޖު ކުރުން ހިމެނެ އެވެ. ނިދަން އޮށޯތުމުގެ ކުރިން ފައި ރީއްޗަށް ދޮވެލާފައި ފޮހެލުމަށްފަހު ފައިގެ ފަޅައިގެން ގޮސްފައިވާ ހިސާބުގައި ތާޒާ ކާށިތެޔޮ އުނގުޅާށެވެ. ތެޔޮ އުނގުޅާނީ ތަންކޮޅެއް ގިނައިންނެވެ. ދެން ބައިގަޑިއިރު ނުވަތަ 20 މިނިޓް ވަންދެން މަސާޖް ކުރާށެވެ. އަދި އެއަށްފަހު ބޯ އިސްޓާކީނަކަށް އަރައިގެން ނިދާށެވެ. ރޭގަނޑު އެއްކޮށް މި ގޮތަށް ބެހެއްޓުމުން ރަނގަޅުވާނެ އެވެ.

މީގެ އިތުރުން ތާފަނާ ފެނުގެ ތެރޭގައި 20 ވަރަކަށް މިނެޓް ވަންދެން ފައި ލައިގެން އިންނާށެވެ. ވިހި މިނެޓްވުމުން ފައި ރަނގަޅަށް ހިއްކާލުމަށް ފަހު ރަނގަޅު މޮއިސްޗަރައިޒާއެއް ނުވަތަ ވެސްލިން ބޭނުން ކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355