twitterviber whatsapp telegramfacebookyoutube instagram
9th July 2026

ހަތް ސަރަހައްދެއްގައި ގާއިމްކުރި ކޮވިޑް ފެސިލިޓީތަކުގައި މެޑިކަލް އިކުއިޕްމެންޓް އިންސްޓޯލްކޮށްފި

ނަބީލާ އިސްމާޢީލް
Aug 11, 2020

ކޮވިޑް-19 އަށް ފަރުވާދިނުމަށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

މިކަން ހާމަކޮށް އެސްޓީއޯއިން ކުރި ޓުވީޓްގައި ބުނީ މިމަޝްރޫއުގެ ދަށުން ހއ.އިހަވަންދޫއާއި، ށ.ފުނަދޫއާއި، ބ،އޭދަފުއްޓާއި، ލ.ގަމާއި، ގއ.އަތޮޅާއި، ފުވައްމުލަކާއި، އައްޑޫސިޓީގައި އިކުއިޕްމަންޓް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި މިހާރު ކޮވިޑަށް ފަރުވާދެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

މާލެއިން ހޯމް ކަރަންޓީނަށާއި އަތޮޅު ތެރެއާއި މާލެއާ ދެމެދު ދުއްވާ މުދާ އުފުލާ ބޯޓްތަކުގެ ފަޅުވެރިން ޕޮޒިޓިވްވުމާއި ގުޅިގެން އަތޮޅު ތެރޭގައިވެސް ވަނީ މިހާރު ބަލި ފެތުރިފަ އެވެ.

މާލޭގެ އިތުރުން ހއ. އިހަވަންދޫ، ހއ. ކެލާ، ހއ. ފިއްލަދޫ، ހދ. ނައިވައިދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ، ފުވައްމުލަށް އަދި އައްޑޫ ހިތަދޫން ވަނީ ޕޮޒިޓިވް މީހުން ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355