އެމެޒޯންގެ އޮންލައިން ފާމަސީއެއް އިންޑިޔާގެ ބެންގަލޫރުގައި ގާއިމްކޮށްފި އެވެ. ކޮވިޑް-19 ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި އިންޑިޔާއަށް މި ހިދުމަތަކީ މުހިއްމު ހިދުމަތެއްކަން އެމެޒޯން އިން ފާހަގަ ކުރެއެވެ. އިންޑިޔާއަކީ ދުނިޔޭގައި އެންމެ ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ އެއް ގައުމެވެ.
މި ވަގުތު ހަމައެކަނި ބެންގަލޯރުގައި މި ހިދުމަތް ފެށިނަމަވެސް ކުރިއަށް އޮތް ތަނުގައި އިންޑިޔާގެ އެހެން ސިޓީތަކަސް މި ހިދުމަތް ފުޅާ ކުރާނެފަދަ އިޝާރާތެއް ވަނީ އެމަޒޯންއިން ދީފައެވެ.
މިހާތަނަށް އެމެޒޯންއިން އޮންލައިން ފާމަސީތައް ވަނީ އޮސްޓްރޭލިއާ، ޔޫކޭ އަދި ކެނެޑާގައިވެސް ހުޅުވާފައެވެ.
އެމެޒޯންއިން ބުނީ މި ހިދުމަތާއެކު ގޭގައި ތިބެގެން ބޭސް ސިޓީ ފޮނުވާލުމުން ގެއަށް ބޭސް ޑެލިވަރީކޮށްދޭނެ ކަަމަށެވެ. އެމެޒޯން ވަނީ މިދިޔަ އަހަރުވެސް މި ހިދުމަތް އިތުރަށް ފަސޭހަ ކުރުމަށް ޕިލްޕެކް ސާރވިސްއާވެސް ގުޅިފައެވެ. ޕިލްޕެކަކީ އެމެރިކާއިން ފާމަސީތަކަށް ހާއްސަކޮށްގެން ބޭސް ޑެލިވަރ ކުރުމަށް ބޭނުން ކުރާ އެޕްލިކޭޝަނެކެވެ.
މިއަހަރު ކުރީކޮޅު އެމެޒޯންގެ ޗީފް އެގްޒެކެޓިވް ޖެފް ބެޒޮސް ވެސް ވަނީ އެ ކޮންމެޕެނީން ކުރިއަށް އޮތްތަނުގައި އިންޑިޔާއަށް ބޮޑެތި އިންވެސްޓްމެންޓުތަކެއް ކުރުމަށް ނިންމާފައިވާކަމަށް ބުނެފައެވެ. އެގޮތުން އޭނާ މި އިންވެސްޓްމެންޓުތައް ސިފަ ކުރައްވާ ޖެފްބުނެފައިވަނީ 21 ވަނަ ގަރުނަކީ "އިންޑިއަން ސެންޗުރީ"އަކަށް ވެގެން ދާނެ ކަމަށެވެ.