twitterviber whatsapp telegramfacebookyoutube instagram
8th May 2024

ހޯރަފުށި އެއާޕޯޓުގެ ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަަށަށް ގެންގޮސްފި

ޚަދީޖާ އާދަމް
Aug 15, 2020
2

ހއ ހޯރަފުށި އެއާޕޯޓު ތަރައްގީކުރުމަށް ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެެވެ.

ހޯރަފުށީ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި 8635 ސްކޮޔާ މީޓަރުގެ އޭޕްރަންއެއްގެ އިތުރުން 9473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިޔާ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުމަށް ހަމަޖެހިފައިވާއިރު 1718 ސްކޮޔާ މީޓަރުގެ ފަޔަރ އެކްސެސްގެ މަގެއްގެ އިތުރުން ޓެކްސީވޭއާއި ސާވިސް މަގުތަކެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ މަސައްކަތަށް ބޭނުންވާ ކޮމްޕެކްޓާއި، ޑަބަލް ޑްރަމާއި އިތުރު ސާމާނު އިއްޔެ އެރަށަށް ގެންގޮސްފައިވާނެ ކަމަށެވެ. ކޮވިޑްއާއި ގުޅިގެން މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތި ވެފައިވީ ނަމަވެސް މި މަސައްކަތް އަންނަ އޮކްޓޯބަރު މަހަަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއާޕޯޓު އެޅުމަށް ބޭނުންވާ ސަރަހައްދު ހިއްކާ މިހާރު ވަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. އެގޮތުން އެއާޕޯޓު އެޅުމަށް 842200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކާފައެވެ. އަދި 1120 މީޓާރު ސަރަހައްދެއްގައި ވަނީ ރިވެޓްމެންޓް ޖަހާފައެވެ.

އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މި މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ އެ އަަހަރުގެ އޮގަސްޓް މަހުތެރޭގައެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު 25 ވަނަ ދުވަހުއެވެ.
ހޯރަފުށި އެއާޕޯޓުގެ މަޝްރޫއަކީ 198،390،988.58 (ސަތޭކަ ނުވަދިހަ އަށް މިލިއަން ތިރީސްނުވަ ހާސް ނުވަ ސަތޭކަ އަށްޑިހަ އަށެއް) ރުފިޔާގެ ޕްރޮޖެކްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355