twitterviber whatsapp telegramfacebookyoutube instagram
24th March 2026

ރީޖަނަލް ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ހަމަކޮށްފި

ޚަދީޖާ އާދަމް
Aug 16, 2020

ކޮވިޑަށް ފަރުވާ ދޭން އަތޮޅުތަކުގެ ތެރޭގައި ގާއިމް ކޮށްފައިހުރި ރީޖިނަލް މެޑިކަލް ފެސިލިޓީތަކުގައި އެކަމަށް ބޭނުންވާނެ ސާމާނު ހަމަކޮށް ތަކެތި އިންސްޓޯލް ކޮށްފި އެވެ.

މާލެ ސިޓީގެ ހުޅުމާލެ އާއި އައްޑޫ އަދި ފުވައްމުލަކުގައި މެޑިކަލް ފެސިލިޓީ ގާއިމްކޮށްފައި ވާއިރު ލ. ގަމާއި ގއ. ވިލިގިއްޔާއި ބ. އޭދަފުއްޓާއި ށ. ފުނަދޫ އަދި ހއ. އިހަވަންދޫގައި ވެސް ވަނީ މެޑިކަލް ފެސިލިޓީއެއް ހަދާފަ އެވެ.

އަތޮޅުތަކުގައި ހެދި އެފަދަ ގިނަ ފެސިލިޓީތަކުން މިހާރު ހިދުމަތް ދެ އެވެ.

މެޑިކަލް ފެސިލިޓީތަކަށް ބޭނުންވާ ސިއްހީ ސާމާނު ހަމަކޮށް ބަހައްޓައި ދިނީ އެސްޓީއޯ އިންނެވެ. އެގޮތުން ި ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ ސިއްހީ އާލާތްތައް ހަމަކޮށް ހަރުކޮށް ނިމިފައިވާ ކަމަށާއި މިއީ ކޮވިޑުން ސަލާމަތްވުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަން އެސްޓީއޯއިން ފާހަގަ ކުރިއެވެ.

އަތޮޅުތަކުން ވެސް ކޮވިޑް ގެންނަމުން ދާއިރު މިހާތަނަށް މި ބަލި ވަނީ އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކާއި ހއ. އާއި ހދ. އަދި ވ. އަތޮޅާއި ރ. އަތޮޅުން ވެސް ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355