twitterviber whatsapp telegramfacebookyoutube instagram
8th November 2026

ސެމްސަންގް ފަހުގެ ފޯނުތަކަށް ޕްރީ އޯޑަރ ކުުރުމަށް ދިރާގުން ހުޅުވާލައިފި

ޚަދީޖާ އާދަމް
Aug 22, 2020

ސެމްސަންގް ގެލެކްސީ ނޯޓް 20 އަދި އަލްޓްރާ 20 5ޖީ ޕްރީއޯޑަރ ކުރުމަށް ދިރާގުން ހުޅުވާލައިފިއެވެ.

އެގޮތުން ދިރާގު މެދުވެރިކޮށް އެ ފޯނުތައް ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ދަށުން ހަ މަސް ދުވަސް ވަންދެން 10ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މިއަދުން ފެށިގެން ސެމްސަންގްގެ އެންމެ ފަހުން ނެރުނު މި ދެ ފޯނަށްވެސް ދިރާގު ވެބްސައިޓު މެދުވެރިކޮށް

ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ނޯޓް20 ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ހިލޭ ގެލެކްސީ ބަޑްސް ޕްލަސް އަދި 20 އަލްޓްރާ 5ޖީ ފޯނު ޕްރީއޯޑަރ ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް ލައިވް ހިލޭ ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ދެ ފޯނުވެސް ލިބިގެންދާނީ 256ޖީބީގެ ކެޕޭސިޓީއާ އެކުގައި ކަމަށާއި މި ދެ ފޯނަކީވެސް ދިރާގު އީސިމް ބޭނުން ކުރެވޭނެ ފޯނުތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293