twitterviber whatsapp telegramfacebookyoutube instagram
29th August 2026

ކޭއާރުއެޗުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި

Aug 28, 2020
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވެޓްސައިޓް ލޯންޗުކޮށް، އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ކޭއާރުއެޗުން ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު ވަނީ އެ ހޮސްޕިޓަލްގެ ވެޓްސައިޓް ލޯންޗުކޮށްފައި އެވެ.

އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭނެ ގޮތުގެ އިތުރުން ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޑިއުޓީތަކާއި ހޮސްޕިޓަލާ ގުޅޭ އެހެނިހެން މައުލޫމާތު ލިބެން އެ ވެޓްސައިޓްގައި އެބަހުއްޓެވެ.

ކޭއާރުއެޗުން މިރޭ ބުނީ އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިތުރުން ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދޭނެ ގަޑިތައް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ހެނދުނު 6:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި އެވެ.

މިނިވަންދުވަހާއި އަޟްހާޢީދުގެ ބަންދު ދުވަސް ތަކުގައި ހޮސްޕިޓަލްގެ އޯޕީޑީ ގައި ޑޮކްޓަރުން ޚިދުމަތްދޭ...

Posted by Kulhudhuffushi Regional Hospital on Wednesday, July 22, 2020

އަދި ހުކުރު ދުވަހު ކުރިއަށް އޮންނަ ހަފްތާގެ މުޅި ޑިއުޓީ އާންމު ކުރުމުގެ ބަދަލުގައި އެޕޮއިންޓްމަންޓް ހެއްދުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ކުރިއަށް 2 ހަފްތާގެ މުއްދަތަށް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355