twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ބާޒާރުގައި ބައެއް ބާވަތްތަކުގެ ހިކިކިރުގެ އަގު އުފުލިއްޖެ

- އަގު އުފުލުނީ ކޯސްޓާއި ފްރެޝް، އަލްމުދިޝް ކިރުގެ
- އަގު ބޮޑުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުން

އަބްދުލް ވާހިދު ޙަސަން
Aug 30, 2020
1

ކުޅުދުއްފުށީ ބާޒާރުގައި ހިކިކިރުގެ ބައެއް ބާވަތްތަކުގެ އަގު އުފުލިއްޖެ އެވެ. އަގު އުފުލިފައިވަނީ ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ބާވަތަކުންނެވެ. އެގޮތުން އަގު ބޮޑުވީ ކޯސްޓް ކިރާއި އަލްމުދިޝް އަދި ފުރެޝް ކިރުގައި އެވެ.

ކުޅުދުއްފުށީގެ ބައެއް ވިޔަފާރިވެރިން ބުނީ ބާޒާރުގައި ކިރުގެ އަގުއުފުލުނީ މާލޭން ލިބޭ އަގު ބޮޑުވުމުން ކަމަށާއީ އެހެން އެދިމާވީ ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވުމުން ކަމަށެވެ.

އެގޮތުން ވިޔަފާރިވެރިން ވިދާޅުވާގޮތުގައި ބީއެމްއެލުން ޑޮލަރެއް ނުލިބޭ ކަމަށާއި ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަ ލިބެން ހުރީ 19 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.

ވިޔަފާރިވެރިން ބުނީ ކިރުގެ އިތުރުން އެހެން ބައެއް ތަކެތިވެސް އަގުބޮޑުވެފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ތަކެތީގެ އަގު އުފުލެމުންދާނެކަމަށެވެ.

ކުޅުދުއްފުށީގެ ބާޒާރުގައި ހިކިކިރު ލިބެން ހުރި އަގުތަކަށް ބަލާއިރު، ކުރިން 800 ގުރާމްގެ ކޯސްޓް ކެމްޝިއަމް ކޭހެއް 1620 ރުފިޔާއަށް ބާޒާރުގައި ހުރި މިއަދު އެ ވަރުގެ ކޭހެއްގެ އަގު ހުރީ 1800 ރުފިޔާއަށް އުފުލިފައި އެވެ. ވަކި ފެކެޓްގެ އަގުހުރީ 160 ރުފިޔާއަށް ބޮޑުވެފައި އެވެ. 1870 ރުފިޔާއަށް ވިއްކަމުން ދިޔަ 900 ގުރާމުގެ ކޯސްޓް ކެލްޝިއަމް ކޭހެއްގެ އަގު މިހާރު އުޅެނީ 2050 ރުފިޔާއަށެވެ. އަދި އެވަރުގެ ވަކި ދަޅެއް އުޅެނީ 180- 175 ދެމެދުގެ އަގުތަކުގައި އެވެ.

1830 ރުފިޔާއަށް ވިއްކަމުންދިޔައި 1800 ގުރާމުގެ ކޯސްޓްކެލްޝިއަމް ކޭހެއްގެ އަގު މިއަދު ކުޅުދުއްފުށީ ބާޒާރުގައި 2050 ރުފިޔާއަށެވެ. ކުރިން އެވަރުގެ ވަކި ދަޅެއް ވިއްކަމުންގޮސްފައިވަނީ 310 ރުފިޔާ އަށެވެ. މިއަދު ބާޒާރު ގަންނަން ލިބެން ހުރީ 350 ރުފިޔާއަށެވެ.

އަލްމުދިޝް ހިކިކިރަށް ބަލާއިރު 800 ގުރާމުގެ ހިކިކިރު ޕެކެޓް ކޭހެއް އުޅެނީ 1350 ރުފިޔާއަށެވެ. ކުރިން އެވަރުގެ ކޭހެއް ވިއްކީ 1180 ރުފިޔާއަށެވެ. 100 ރުފިޔާއަށް ވަކި ޕެކެޓެއް ކުރިން ވިއްކިއިރު މިހާރު ވިއްކަމުންދަނީ 20 ރުފިޔާ ބޮޑުކޮށްށެވެ. 1320 ރުފިޔާއަށް ވިއްކަމުންދިޔަ 1800 ގުރާމުގެ އަލްމުދިޝް ޕެކެޓް ކޭހެއް މިހާރު ބާޒާރުން ގަންނަ ލިބެމުންހުރީ 1520 ރުފިޔާއަށެވެ. ވަކި ޕެކެޓެއް މިހާރު ވިއްކަނީ 260 ރުފިޔާއަށެވެ. އެވަރުގެ ޕެކެޓެއް ކުރިން ވިއްކާފައިވަނީ 230 ރުފިޔާއަށެވެ.

2.25 ގުރާމުގެ އަލްމުދިޝް ޕެކެޓްގެ ކޭހެއް މިއަދު ހުރީ 1830 ރުފިޔާއަށް އުފުލިފައި އެވެ. ކުރިން އެވަރުގެ ކޭހެއް ވިއްކަމުންދިޔައީ 1570 ރުފިޔާއަށެވެ. އަދި މިހާރު އެ ސައިޒުގެ ޕެކެޓެއް ވަކިން ގަންނަން ލިބެން ހުރީ 310 ރުފިޔާއަށެވެ. އެ ސައިޒްގެ ޕެކެޓެއް ކުރިން ވިއްކަމުންގޮސްފައިވަނީ 270 ރުފިޔާއަށެވެ.

ކޯސްޓް ފުލް ކުރީމްގެ އަގުތަކަށް ބަލާއިރު ކުރިން 800 ގުރާމުގެ ޕެކެޓެއް 105 ރުފިޔާއަށް ވިއްކަމުންދިޔަ މިހާރު ހުރީ އެވަރުގެ ޕެކެޓެއް 120 ރުފިޔާއަށެވެ. 900 ގުރާމުގެ ދަޅެއް 160 ރުފިޔާއަށް ހުރިއިރު 1800 ގުރާމުގެ ދަޅެއް ހުރީ 300 ރުފިޔާއަށް ބޮޑުވެފައި އެވެ. އެ ދެ ސައިޒްގެ ދަޅު ކުރިން ވިއްކާފައިވަނީ 140 ރުފިޔާއަށާއި 160 ރުފިޔާއަށެވެ.

1100 ރުފިޔާއަށް ވިއްކި 1800 ގުރާމުގެ ފުރެޝް ކިރު ކޭހެއްގެ އަގު ވަނީ 1170 ރުފިޔާއަށް އުފުލިފައި އެވެ. އެ ސައިޒްގެ ވަކި ދަޅެއް ގަންނަން ބާޒާރުގައި ހުރީ 200 ރުފިޔާއަށެވެ.

ވިޔަފާރިންވެރިން ބުނީ ކޯސްޓް ފުލް ކުރީމްގެ ކޭސް މާލޭން ލިބުމުގައިވެސް ދަތިތަކެއް ހުރި ކަމަށާއި އަދި ފްރެޝް ކިރު ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ވިޔަފާރިވެރިން ބުނާގޮތުގައި ކުރިއަށްއޮތްތަނުގައިވެސް ކިރާއި އެހެނިހެން ބާވަތްތަކުން އަގުއުފުލޭނެ އެވެ.

އެންމެ އާންމުކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކޭ ހިކިކިރުގެ ބާވަތްތަކުގެ އަގުބޮޑުވިނަމަވެސް ބައެއް ބާވަތްތަކުގެ ހިކިކިރު އަގުބޮޑު ނުވާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355