twitterviber whatsapp telegramfacebookyoutube instagram
17th February 2026

ބީއެމްއެލްގެ ލޯނުތައް ދެއްކުން ނޮވެމްބަރު މަހަށް ފަސްކޮށްދީފި

ޚަދީޖާ އާދަމް
Aug 30, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށް މި ނޮވެމްބަރުގެ ނިޔަލަށް ލޯނަށް ފައިސާ ދެއްކުން ފަސްކުރެވޭނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޯނު ފަސްކުރުމަށް ހުޅުވާލި ފުރުސަތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17،700 ލޯނު ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ލޯނު ފަސްކުރަން އަލަށް އެދުމަށް އިތުރު ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ކޮވިޑް19 އާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާއެކު ބީއެމްއެލް އިން ވަނީ އެ ބޭންކުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދީފަ އެވެ.

ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާދެއްކުން ފަސްކޮށްދީފައިވާ ގިނަ ކަސްޓަމަރުންނަށް ދީފައިވާ ހަ މަސްދުވަހުގެ މުއްދަތު މިހާރު ހަަމަވެފައިވާ ކަމަށާއި އެހެންކަމުން ކަސްޓަމަރުންނަށް ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.

ލޯނަށް އަނބުރާ ފައިސާދެއްކުން ފަސްކުރުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އަށެއް ސެޕްޓެމްބަރުން ފެށިގެން 30 ނޮވެމްބަރ ގެ ނިޔަލަށް ބޭންކުގެ ޕޯޓަލް މެދުވެރިކޮށް އެދި ހުށަހެޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355