twitterviber whatsapp telegramfacebookyoutube instagram
14th April 2026

24 ގަޑިއިރުތެރޭގައި ކުޅުދުއްފުށީގައި 5 މަރު

އަބްދުލް ވާހިދު ޙަސަން
Sep 6, 2020
4

އިއްޔެއަކީ ފަހުގެ ތާރީހެއްގައި ކުޅުދުއްފުށީގައި ގިނަ ބަޔަކު މަރުވި ދުވަހެކެވެ. އެގޮތުން 5 ސެޕްޓެމްބަރުގައި ފަސް މީހަކު ވަނީ މަރުވެފައި އެވެ.

އާންމުކޮށް ކުޅުދުއްފުށީގައި މަރުވާ މީހުން ކަށުކަމާކެމީގެ ކަންތައްތައްވެސް ކުރަމުންއަންނަނީ އެރަށުގައި އެވެ. އިއްޔެ ފުރަތަމަ މަރުވެފައިވަނީ ދުވަސް ނުފުރާ ވިހޭ ކުޑަކުއްޖަކާއި ވިހޭއިރު ބަލި ކުއްޖެކެވެ.

ކުޅުދުއްފުށީގައި މަސައްކަތް ކުރާ ބަގްލަދޭޝްގެ ފިރިހެނަކުވެސް އިއްޔެ ވަނީ މަރުވެފަ އެވެ. 37 އަހަރުގެ އެ މީހާ މަރުވަނީ ޑެންގީހުމަށް ފަރުވާހޯދަމުންދާތާ ގާތްގަނޑަކަށް ހަފްތާއެއް ވީފަހުން އައިސީޔޫގައި އެވެ.

ކޭއާރުއެޗުގައި ފަރުވާ ހޯދަމުންދިޔަ ދާންމަތީ ބަލި ދެ މީހަކުވެސް އިއްޔެ މަރުވި އެވެ. އެގޮތުން މަރުވީ 54 އަހަރުގެ މީހަކާއި 97 އަހަރުގެ މީހެކެވެ. މިއީ ހދ އަތޮޅަށް ނިސްބަތްވާ މީހަކާއި ހއ އަތޮޅަށް ނިސްބަތްވާ މީހެކެވެ.

މި ހުރިހާ އެންމެންވެސް ކަށުކަމާކެމީގެ ކަންތައްތައްކޮށްފައިވަނީ ކުޅުދުއްފުށީގައި އެވެ. ކަށުކަމާކެމީގެ ކަންތައްތަކުގައި ހަރަކާތްތެރިވަނީ އެކަމަށް ހާއްސަކޮށް ކައުންސިލުން ނަގާފައިވާ މުވައްޒަފުންނެވެ.

ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ވިހައި، މަރުވާ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355