twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުއްޓާއި ނައިފަރާ ދެމެދު މިތުރުން ފެރީ ދަތުރުތައް ބާއްވަނީ

އަބްދުލް ވާހިދު ޙަސަން
Sep 20, 2020
1

މިތުރު ޓްރާންސްޕޯޓުން ކުޅުދުއްފުށި ސިޓީ އާއި ޅ ނައިފަރާ ދެމެދު ފެރީ ދަތުރުތައް ފަށަން ނިންމާ، ޝެޑިއުލް އާންމުކޮށްފި އެވެ.

މި ފެރީ ދަތުރުތައް ފަށަން ނިންމާފައިވަނީ ފުޅާ ދާއިރާގައި ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓުގައި އެވެ. އެގޮތުން ނައިފަރަށް ކުރާ ފުރަތަމަ ދަތުރު މާދަމާ ފަށާނެ އެވެ.

މިތުރު ޓްރާންސްޕޯޓުން ބުނީ، މިދަތުރުތަކަކީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ ތެރެއިން ކުރާ ދަތުރުތަކެއް ކަމަށެވެ. އެގޮތުން މާލެއިން މާދަމާ ފުރަން ހަމަޖެހިފައިވަނީ މެންދުރުފަހު 13:00 ގައި އެވެ. ނައިފަރުން ފުރަން ހަމަޖެހިފައިވަނީ ހޯމަދުވަހުގެ ރޭ 22:00 ގައި އެވެ.

ދެވަނަ ދަތުރު އިނީ 24 ވަނަ ދުވަހު ކުޅުދުއްފުށިން ފުރާގޮތަށެވެ. އެގޮތުން ކުޅުދުއްފުށިން އެދުވަހު ފުރަން ހަމަޖެހިފައިވަނީ ހެނދުނު 10 ޖަހާއިރު އެވެ. ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު އެވެ.

ނައިފަރުން ކުޅުދުއްފުއްޓަށް ޓިކެޓްގެ އަގު އުޅެނީ 200 ރުފިޔާއަށެވެ. މާލެއިން ކުޅުދުއްފުއްޓަށް ޓިކެޓެއް ވިއްކަނީ 300 ރުފިޔާއަށެވެ.

އެ ކުންފުނިން ބުނީ ފެރީ ދަތުރުތަކާ ބެހޭ އިތުރު މައުލޫމާތު 6527722/7907722 ނަންބަރަށް ގުޅުމުން ލިބޭނެ ކަމަށެވެ. ނުވަތަ 7977722 ނަންބަރަށް ވައިބަރ ނުވަތަ އެސްއެމްއެސް ކުރުމުންވެސް މައުލޫމާތު ލިބޭނެ ކަމަށެވެ.

ކޮވިޑާއެކު މާލެއަށް އަރައި ފޭބުން ދަތިވުމުގެ ސަބަބުން އުތުރުގެ ގިނަ ރަށްތަކަކުން ތަފާތު އެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް އަންނަނީ ދަތުރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355