twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ކުޅުދުއްފުއްޓާއި ހޯރަފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހަދައި ހިންގާނެ ބަޔަކު ހޯދަނީ

ޚަދީޖާ އާދަމް
Sep 28, 2020
1

ކުޅުދުއްފުށި އަދި ހއ ހޯރަފުށި އެއާޕޯޓްގައި ރެސްޓޯރެންޓެއް ހަދައި ހިންގާނެ ފަރާތެއް ހޯދުމަށް ރީޖަނަލް އެއާޕޯޓްސް އިން އިއުލާނުކޮށްފި އެވެ.

އިއުލާނުގައި ބުނެފައިވަނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ހޯރަފުށި އަދި ކުޅުދުއްފުށި އެއަރޕޯޓްގައި މަދުވެގެން އެއްފަހަރާ 50 މީހުންނަށް ޙިދުމަތް ދެވޭނެ ރެސްޓޯރަންޓެއް ހަދައި ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސްގެ ދެވަނަ ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށެވެ.

އަދި މައުލޫމާތު ސާފުކުުރުމަށް ފަހު 20 އޮކްޓޯބަރުވާ އަންގާރަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސްގެ ދެވަނަ ވަނަ ފަންގިފިލާ އަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުމަށް ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ކުޅުުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް އެޅުމަށް ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އެއިރު ރެސްޓޯރެންޓް ހެދުމަށް ހަވާލުކޮށްފައިވަނީ ކަލެކްޓިން ކޮމްޕެނީއާ 1،927،910،90 (ނަވާރަލައްކަ ހަތާވީސް ހާސް ނުވަސަތޭކަދިހަރުފިޔާ ނުވަދިހަލާރިއަށް) 150 ދުވަސް ތެރޭގައި އެމަސައްކަތް ނިންމުމަށްކަމަށެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި މަސައްކަތް ކުރިއަށް ނުދާތީ ކަލެކްޓިން ކޮމްޕެނީ އަތުން އެ މަޝްރޫއުވަނީ އަނބުރާ ނަގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355