twitterviber whatsapp telegramfacebookyoutube instagram
28th March 2024

ދިރާގުން "މާރަނގަޅު" ނަމުގައި ހާއްސަ ކެމްޕެއިނެއް

Oct 3, 2020

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ގައުމީ ހިދުމަތުގައި 32 އަހަރު ފުރުމާއި ގުޅިގެން "މާރަނގަޅު" ނަމުގައި އިނާމުތަކަކާއެކު ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕެއިނުގައި ބައިވެރިވުމަށް ފޭސްބުކް އިންސްޓާގްރާމް އަދި ޓުވިޓާ ގައި “MaaRangalhu#” މި ހޭޝްޓެގް ޖެހުމަށްފަހު ދިރާގާއި އެކު ހޭދަވި އެންމެ އުފާވެރި ހިދުކޮޅުތަކުގެ ޕޮޓޯ ނުވަތަ ވީޑިއޯ ޝެއަރ ކޮށްލުމުން ބައިވެރިވެވޭނެ އެވެ.

3 ނަސީބުވެރި ފަރާތްތައް ހޯދަން ހަމަ ޖެހިފައިވާ މި ކެމްޕެއިނުގައި ފުރަތަމަ ގުރުވަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި، ސެމްސަންގް 64ޖީބީ ސެޑީ ކާޓަކާއި، ސެމްސަންގް ވަޔާލެސް ޗަރޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް+، ދެވަނަ އަށް ހޮވޭ ފަރާތަކަށް އެޕަލް އެއަރ ޕޮޑްސް ޕްރޯ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް އެމޭޒަން އެކޯ ޑޮޓް (3 ގެން) ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 އޮކްޓޯބަރ 2020 ގެ 23:59 ގެ ނިޔަލަށެވެ.

ދިރާގުން ރާއްޖޭގައި މި ދާއިރާއަށް ހިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފައިއެވެ.

އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާސަލާތީ ހިދުމަތްތައް ވެގެންދިޔައެވެ.

ދިރާގުން ބުނީ މުއާސަލާތީ ހިދުމަތުގައި އެންމެ ކުރީ ސަފުގައި އެ ކުންފުނި ދެމިއޮތީ އެފަދަ އެތައް ސަބަބުތަކާ ހެދި ކަމަށެވެ.

އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތަކަށް ބަދަލު ގެނެސް، ހިދުމަތްތައް ފަރުމާކުރަމުން އަންނަ ކަމަށާއި އެގޮތުން ދިރާގުން ދާދި ފަހުން އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަށާއި ޕްރީޕެއިޑް ހޮދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ހަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތަކަށް ބަދަލުގެނެސްފައިވާކަމަށް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355