އިންޑިޔާގެ ކޮޗިން އިން ކާގޯފެރީގައި ރާއްޖެއަށް މުދާ ގެންނަ ބޭނުންވާ ވިޔަފާރިންނަށް އަމާޒުކޮށްގެން ބާއްވާ އޮންލައިން ސެޝަންގައި ގިނަ ވިޔަފާރިވެރިންތަކެއް ބައިވެރިވެއްޖެ އެވެ.
ހދ އަތޮޅު ކައުންސިލާއި، މޯލްޑިވްސް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ބިޒްނަސް ސެންޓަރުން ގުޅިގެން ބާއްވާ މި ސެޝަންގައި 287 ވިޔަފާރިވެރިން ބައިވެރިވެފައިވާކަމަށް ބިޒްނަސް ސެންޓަރުން މައުލޫމާތުދެ އެވެ.
މިބައްދަލުވުން ކުރިއަށްދާނީ މާދަމާ މެންދުރުފަހު 2:00 – 3:00 އަށެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް ޝިޕިންގ އާއި އެމްޕީއެލް، ކަސްޓަމްސްގެ އިތުރުން އިމިގުރޭޝަން އަދި އަތޮޅު ކައުންސިލާއި ބިޒްނަސް ސެންޓަރު ބައިވެރިވާނެ އެވެ.
އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯފެރީ ދަތުރުތައް މިދިޔަ މަހު 21 ވަނަ ދުވަހު ފަށާފައިވާއިރު އެ ދަތުރުގައި 500 ޓަނު ސިމެންތި އާއި ދެ ކޮންޓެއިންނާގެ މުދާ ގެނެސްފައިވެ އެވެ.