twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގު ޕޭ ކަސްޓަމަރުންނަށް ކޭޝްބެކް ގެ ގޮތުގައި 5 ޕަސެންޓު

ޚަދީޖާ އާދަމް
Oct 7, 2020

ދިރާގުޕޭ މެދުވެރިކޮށް 4 އޮކްޓޯބަރ 2020 އިން ފެށިގެން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޭޝް ބެކް ނުވަތަ އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކާ، ރީލޯޑް ކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ 5 ޕަސެންޓު އަނބުރާ ދިރާގުޕޭ ވޮލަޓަށް ޖަމާވެގެން ދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އެގޮތުން، ގިނަ ވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެއެވެ. މި ފައިސާ ޖަމާ ވުމުން އެކަން އެންގުމުގެ ގޮތުން ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ދިރާގުން ފޮނުވާނެއެވެ. އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން "ޓްރާންސެކްޝަން ހިސްޓަރީ" ފަސޭހަކަމާއެކު ބަލާލައި ކޭޝްބެކް ގެ ގޮތުގައި ލިބުނު އަދަދު ރަނގަޅު ތޯ ބަލާލެވޭނެއެވެ.

ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް ޖެނެރަލްޓްރޭޑިންގ ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދައްކާ ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355