twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކާގޯފެރީއަކީ އުތުރުގެ ވިޔަފާރިތައް ފުޅާކުރަން ހުޅުވުނު ތަނަވަސް ދޮރެއް: އަރީސާ

އަބްދުލް ވާހިދު ޙަސަން
Oct 7, 2020
1

އިންޑިޔާގެ ކޮޗިން އާއި ކުޅުދުއްފުށި ސިޓީ ދެމެދު ފެށުނު ކާގޯފެރީގެ ސަބަބުން އުތުރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރަން ހުޅުވިގެންދިޔަ ތަނަވަސް ދޮރެއްކަމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަންގެ ކުޅުދުއްފުށީ ބުރާންޗް މެނޭޖަރު އަރީސާ މުސާ ވިދާޅުވެއްޖެ އެވެ.

ކާގޯފެރީގައި ރާއްޖެއަށް މުދާ ގެންނަ ބޭނުންވާ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މިދިޔަ ހޯމަ ދުވަހު ބޭއްވި އޮންލައިން ސެޝަންގައި ވާހަކަދައްކަވަމުން އަރީސާ ވިދާޅުވީ، ފެށިގެން މިދިޔަ ކާގޯފެރީގެ ސަބަބުން ވިޔަފާރިވެރިންނަށް އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގެ ވިޔަފާރިވެރިންނަށް ހުޅުވިގެންދިޔަ ވަރަށް ފަހި ފުރުސަތެއް ކަމަށެވެ. އަދި މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށްވެސް ހުޅުވުނު ވަރަށް ނަތަވަސް ދޮރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހދ އަތޮޅު ކައުންސިލް އަދި ވަރަށް ގިނަ ވިޔަފާރިވެރިންގެ އެދުމުގެ މަތިން އެ ސެންޓަރުން ކުރިއަށްގެންދިޔަ މި ސެޝަންގައި ވާހަކަދައްކަވަމުން އަރީސާ ވިދާޅުވީ، އެހެނިހެން ޗެނަލްތަކުން މުދާ ގެނައުމުގެ ބަދަލުގައި ޑައިރެކްޓްކޮށް ސީދާ ކޮޗިން އިން ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ ގޮތްވުމުން މުދާ ގެންނަ ފަރާތްތަކަށް ކުޑަ އަގެއްގައި މުދާ ގެނެވިގެންދާ ކަމަށާ މީގެ ސަބަބުން މުދަލުގެ އަގުހެޔޮވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝެޑިއުލް ކާގޯފެރީ މެދުވެރިކޮށް ބޭރުން ގެންނަ ޖެހޭ މުދާ ވަރަށް ފަސޭހަކަމާއެކު ގެނެވޭނެ މަގުފަހިވެފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އަލަށް މުދާ އެތެރެކުރަން ބޭނުންވާ ފަރާތްތަކަށް މިކަން ފަށައިގަނެ ކުރިއަށްދިޔުމުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ގެ އެޖެންޓުންގެ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

"މީގެ އިތުރުން ކުޅުދުއްފުށީގައި މިތިބޭ މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ އެޖެންޓްގެ އެހީތެރިކަމާއެކީގައި އަލަށް މުދާ އެތެރެކުރަން ބޭނުންވާ ފަރާތްތަކަށްވެސް މިކަން ފަށާގަނެ. ކުރިއަށްދިޔުން މިވަނީ ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފަ. އެބޭފުޅުން އެހީތެރިކަން ދެއްވާނެ ހުރިހާ ވިޔަފާރިތަކަށްވެސް އަދި އާންމުންނަށްވެސް މިކަމުގައި ކުރިއަށްދިޔުމުގައި، އެހެންވީމަ އަޅުގަނޑުމެންގެ މި ކާގޯފެރީގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްފިނަމަ މިސަރަހައްދުގެ ވިޔަފާރިތައް އިތުރަށް ތަރައްގީވެ ކުރިއަރައިގެން ދާނެ ކަން އަޅުގަނޑުމެން ޔަގީންކުރަން." ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރާ ބިޒްނަސް ސެންޓަރު، ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރު ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން ފާހަގަކޮށްލަން އެބަޖެހޭ. އެކަމުގެ ސަބަބުން މިސަރަހައްދަށް އިގްތިސޯދީގޮތުންނާއި އިޖްތިމާއީ ގޮތުން އިތުރު ތަރައްގީއާ ކުރިއެރުން އަންނާނެ. އަދި ފެރީގެ ބޭނުން އެންމެ ރަނގަޅަށް ހިފުން." އަރީސާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355