twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ވޭމަންޑޫއަށް ހިތްގައިމު ތުނޑިއެއް!

ނަބީލާ އިސްމާޢީލް
Oct 19, 2020

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުން ދަށުން ތ. ވޭމަންޑޫގެ ތުނޑީކޮޅުގައި ދަތުރުގޮސް އުޅެވޭނެގޮތަށް ސަރަހައްދެއް ގާއިމްކޮށްފިއެވެ.

"ފަރުހިލާ ތުނޑި" ނަމުގައި ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު ވަނީ އެ ސަރަހައްދު ހުޅުވާލާފަ އެވެ.

ބީއެމްއެލްއިން ބުނީ ވޭމަންޑޫގައި ތަރައްގީ ކުރި އެ ތުނޑިއަކީ އާންމުކޮށް އާއިލާތައް ދަތުރުދާ ސަރަހައްދަކަށް ވުމުން އެ ސަރަހައްދު ރަނގަޅަށް ބޭނުން ކުރެވޭނެ ގޮތަށް ކުޑަ އާއި ހަޓްތައް ހަދައި ޖޯލިފަތި ބަހައްޓާފައިވާ ކަމަށެވެ. އަދި ދަތުރުދާ މީހުން ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން ވެސް ގާއިމް ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ކުޅިވަރު ކުޅުމަށް މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް އަޅައި ތުނޑީގައި ބޭނުން ކުރަން 2500 ލީޓަރުގެ ފެންޓޭންކެއް ބަހައްޓާފައިވާއިރު ކުނި އަޅާނެ ޑަސްޓްބިންތައް ވެސް ހުންނާނެ ކަމަށެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުން އެފަދަ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން އެހީވެދީފައިވާ ކަމަށެވެ. ވޭމަންޑޫގެ މި ޕްރޮޖެކްޓަތަކާއެކު އެ ރަށްރަށަށް، އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފަ ކަމަށެވެ. ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބޭންކުން ވަނީ ނިންމާފަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355