twitterviber whatsapp telegramfacebookyoutube instagram
2nd August 2026

ދިރާގު ޓީވީގެ ހުރިހާ ޗެނަލްތައް 450 ރުފިޔާއަށް!

ނަބީލާ އިސްމާޢީލް
Oct 20, 2020

ދިރާގުން ކުރިއަށްގެންދާ ދިރާގު ޓީވީ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށް، ދިރާގު ޓީވީގެ ހުރިހާ ޗެނަލްތައް މިހާރު 450 ރުފިޔާއަށް ލިބޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގު ޓީވީ ޕްރޮމޯޝަންގެ މުއްދަތު އެކުންފުނިން އިތުރުކޮށްފައިވަނީ މިއަހަރުގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަންގައި 100އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީގެ ހިދުމަތް 450 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

މިއީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފިލްމުތަކާއި ޑްރާމާތައް އަދި މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތައް ހެޔޮ އަގެއްގައި ބަލައިލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގައި ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތަކުގެ ތެރޭގައި ހިމެނޭ ސްޓާގެ ޗެނަލްތަކާއި މުޅިން އާ ޒީގެ ޗެނަލްތައްވެސް ހިމެނޭނެ އެވެ. އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ.

ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 73 ޕަސެންޓު ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

އޭގެ ތެރޭގައި 53 ރަށް ހިމެނޭއިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355